އަރަތް 1: ހަތް ކިލޯގުރާމުގެ ރަން ދީފައި ގެއެއް ގަތުން.
ފޮނުވީ: އެމް
މީހަކު ގެއެއް ގަންނަން ބެލިއިރު، އެ ގޭގެ އަގަކީ، ހަތް ދުވަސް ވަންދެން، ކޮންމެ ދުވަހަކު ކިލޯގުރާމެއްގެ ރަން ދިނުމެވެ.
އެ ގެ، ގަންނަން ބޭނުންވި މީހާގެ އަތުގައި އޮތީ އެއްކޮށް އޮތް ހަތް ކިލޯގުރާމުގެ ރަންގަނޑަކާއި ރަންކަފާ ދެ ވަޅިއެވެ.
އެއިން ކޮންމެ ވަޅިއަކުން ކެފެނީ އެއްފަހަރު އެވެ. އެހެނީ އެއްފަހަރު ކެފީމާ ވަޅި ކޮށިވެއެވެ.
އަދި ރަންގަނޑުގައި ވަނީ، ކޮންމެ ކިލޯގްރާމެއް ވަކިވާ ތަނުގައި ފާހަގައެއް ޖަހާފައެވެ.
އެއީ އެއްކޮށް އޮތް ދިގު ރަންގަނޑެކެވެ.
ފަހެ، އޭނާ ކޮންމެ ދުވަހަކު ކިލޯގްރާމެއްގެ ރަން ދީފައި، އެ ގެ ގަންނާނީ ކިހިނަކުން ހެއްޔެވެ؟
ތިޔަބޭފުޅުން ދެއްވާ ޖަވާބުތައް "ޚިޔާލުހުށަހަޅާ" ބައިގައި ލިއުއްވަމުން ގެންދަވާށެވެ!