އަރަތް 3: ޓެކްސީ ޑްރައިވަރުގެ އެކްސިޑެންޓް
ފޮނުވީ: އެމް
ޓެކްސީ ޑްރައިވަރަކު ތަންކޮޅެއް ބާރަށް މަގު ހުރަސްކުރިއެވެ. އެވަގުތު އޭނާ ދުވާރުގައި ޖެހި އެކްސިޑެންޓްވިއެވެ. އަދި ދުވާރު މަތީގައި ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހި އެމީހާ ވެއްޓުނެވެ. އެވަރުން ވެސް އޭނާ މަތައެއް ނުވިއެވެ. އޭނާ ހުއްޓުނީ ދުވާރުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިފައެވެ. އޭރު އެތަނުގައި ޓްރެފިކް ބަލަހައްޓާ ފުލުހެއް ހުއްޓެވެ. އެ ފުލުހަށް، މި ހިނގާދިޔަ ހުރިހާ ކަމެއް ރަނގަޅަށް ފެނުނެވެ. ނަމަވެސް އެ ފުލުސްމީހާ، މިކަމާމެދު އަޅައެއް ނުލިއެވެ. އެއީ ކީއްވެ؟