އަރަތް 7: ފާލަން ހުރަސްކުރި ތިން މީހުން
ފޮނުވީ: އެމް
ތިން މީހަކު ފާލަމެއް ހުރަސްކުރިއެވެ.
އޭގެތެރެއިން ފުރަތަމަ މީހާއަށް އެ ފާލަން ފެނުނެވެ. އަދި އޭނާ އެ ފާލަން ހުރަސްކުރީ އޭގެ މަތީގައި ހިނގާފައެވެ.
ދެވަނަ މީހާއަށް އެފާލަން ފެނުނެވެ. އެކަމަކު އޭނާ އެފާލަމުގެ މަތީގައި ނުހިނގައި ހުރަސްކުރިއެވެ.
ތިންވަނަ މީހާއަށް އެފާލަން ނުފެނެއެވެ. އަދި އޭނާ އެ ފާލަމުގެ މަތީގައި ނުހިނގައެވެ. އެކަމަކު އޭނާ ވެސް އެ ފާލަން ހުރަސްކުރިއެވެ.
އެތިން މީހުން ފާލަން ހުރަސްކުރީ އެކުއެކީގައެވެ. އަދި އެއްވެސް އުޅަނދެން ބޭނުމެއް ނުކުރެއެވެ.
ފަހެ، އެ ތިން މީހުންނަކީ ކޮބާ؟