އަދުގެ ޚާއްސަ

ދިރާސާ

Print

ކާއިނާތުގެ ކާރުޚާނާ

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

އިންސާނުން ހަދައިފައިވާ ކާރުޚާނާ އަކަށް ވަނުމާއެކު އެ ކާރުޚާނާގައި ހިނގާ މަސައްކަތްތަކުގެ މަޢުލޫމާތު ދެވެން ފަށައެވެ. ކޮންމެ ތަނެއްގައިވެސް އެ ތަނަކުން ކުރާ މަސައްކަތެއް އެނގޭހެން ލިޔެފައި ހުރެއެވެ. ކޮންމެ ތަނެއްގައި އެތަނަކަށް ޚާއްޞަ މީހަކު ހުރެއެވެ. ކުރާ ކޮންމެ ސުވާލަކަށް އޭނާ ޖަވާބު ދެއެވެ. މީގެ އިތުރަށް ކާރުޚާނާ އިން އެ ކާރުޚާނާއަކާ ބެހޭލުއި ފޮތެއް ނުވަތަ ލިޔުމެއް ދެއެވެ. އެފޮތުގައި ނުވަތަ ލިޔުމުގައި ކާރުޚާނާއާބެހޭ މުހިންމު މަޢުލޫމާތު ބަޔާން ކުރެވިފައި
Print

މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް (2)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


އަމިއްލައަކަށް ނުއުފެދެ އެވެ.


ދުނިޔެ އުފެދުނީ އަމިއްލައަށް ކަމަށް ބުނާ ބުނުމުގެ ދޮގުކަން ފޮތުގައި ސާބިތުކޮށްދީފައިވެ އެވެ. މިކަމަށް ދެއްކިފައިވާ އެއް ހެތްކަކީ، ދިރޭތަކެތީގެ ހަށިތައް ބިނާކޮށްދޭ ދިރު (Cell) ތަކުގެ ތެރޭގައިވާ ކުދިކުދި އެތިކޮޅުތަކެކެވެ. އެއީ ޕްރޮޓީނެވެ.

ޕްރޮޓީންތައް އެކުލެވިފައިވަނީ (ގާތްގަނޑަކަށް) 5 އުންސުރަކުންނެވެ. އެއީ ކަރބަނާއި ހައިޑްރިޖަނާއި ނައިޓްރިޖަނާއި އޮކްސިޖަނާއި ސަލްފަރެވެ.

މިދުނިޔޭގައިވާ ގުދުރަތީ ކެމިކަލް އުންސުރުތައް ބިމުގައި ލައްވާފައިވަނީ
Print

މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް (1)

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ވޮޑިގެންވާ ކަމާމެދު ބައެއް މީހުން އިންކާރުކުރެ އެވެ. އެބައިމީހުންގެ ނަޒަރުގައި "ކައުނާއި ކައުނުގައި ވާހައި އެއްޗެއް އުފެދިފައިވަނީ އަމިއްލައަށެވެ. އެންމެ ކުދިކުދި އެއްސެލު ކާއިނާތްތަކުން ފެށިގެން އިންސާނުންނަށް ދާންދެން އުފެދިފައިވަނީ އަމިއްލައަށެވެ. ޒައްރާ އިން ފެށިގެން މަޑިކިލަނބުތަކަށް ދާންދެން ވެސް އުފެދިފައިވަނީ އަމިއްލައަށެވެ. ވީމާ، މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟުރަތަށް ހިތާއި ނިޔަތް އިޚުލާޞްތެރިކުރުމުގެ ބޭނުމެއް ނެތެވެ."

މުލްޙިދުންގެ މި ނުރައްކާތެރި ރައުޔުގެ ކުރިމަތީގައި ސައިންޓިސްޓުން ވިދާޅުވަނީ ކީކޭތޯ އެވެ؟
Print

މާހިރުންގެ ޙާލު

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް


ޕްރޮފެސަރ ރާޖް ކްރިޝްނާ (1985-1925) އަކީ އިންޑިއާގެ އެންމެ ޢިލްމުވެރި ފަންސާސް ބޭކަލުންގެ ތެރޭގައި ހިމެނޭ ބޭކަލެކެވެ.

ވިޔަފާރީގެ ޢިލްމުން ހޯއްދަވާފައިވާ އާދަޔާ ޚިލާފު މަތީ ދަރަޖައެއްގެ ސަބަބުން އޭނާވަނީ މުޅި ދުނިޔެއަށް މަޝްހޫރު ވެފައެވެ. އުތުރުކަރައިގެ ބޮޑެތި ކުންފުނިތަކުން އޭނާގެ ލަފާ އެކި ކަންކަމުގައި ހޯދާފައިވެއެވެ. ޢުމުރުގެ ފަހުކޮޅު އޭނާ އުޅުއްވީ އެފް.އޭ.އޯ. (ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން) ގެ ޕްރޮޖެކްޓެއްގައި އިޓަލީ ވިލާތުގެ ރޫމުގައެވެ.
Print

ކުޅަދުންވަންތަކަން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

1982 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހެވެ. އަޅުގަނޑު ހުރީ އެފްރިކާގެ ފަރުބަދަ މަތީ ރަށެއްގައި، ގަހެއްގެ ހިޔަލުގައެވެ. މި ގަހަކީ އަޅުގަނޑަށް މުޅިން އާ ގަހެކެވެ. މީގެ ކުރިން އަޅުގަނޑު ދުވަހަކުވެސް މި ކަހަލަ ގަހެއް ނުދެކެމެވެ.

މި ގަހަކީ ކަލާނގެ ވޮޑިގެންވާ ކަމުގެ ފުރިހަމަ ނަމޫނާ އެކެވެ. ގަހުގެ ހުރިހާ އެއްޗެއް އަޅުގަނޑަށް ވީ ޢަޖައިބުވާ ކަހަލަ އެއްޗަކަށެވެ.
Print

ގިނަ އަނތްބަށް ނުވަތަ ގިނަ ފިރިޔަށް މީހުނާ އިނުން

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ސުވާލު:     އިސްލާމްދީން ފިރިހެނަކަށް އެކަކަށްވުރެ ގިނަމީހުނާ އިނުމުގެ ހުއްދަ ދެއްވައިފައިވަނީ ކީއްވެގެންތޯއެވެ؟ އެހެން ޢިބާރާތަކުން ދަންނަވާނަމަ، އިސްލާމްދީން ތަޢައްދުދުލްއަޒްވާޖު ހުއްދަ ކުރައްވައިފައިވަނީ ކީއްވެތޯއެވެ؟

ޖަވާބު:

ގިނަ އަނތްބަށް މީހުނާ އިނުން

    ތަޢައްދުދުލްއަޒްވާޖުގެ މަޠްލަބަކީ، އެކަކަށްވުރެ ގިނަމީހުނާ ކާވެނި ކުރުމެވެ. އެކަކަށްވުރެ ގިނަމީހުނާ ދެގޮތަކަށް ކާވެނި ކުރެވިދާނެއެވެ.
Print

މަރްޙަބާ ރަމަޟާން

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑުމެންގެ ހިތްތަކަށް އިޙުސާސްވާ ޝުޢޫރެއްގެ ފޮނިކަމާއެވެ! މިއީ ދުނިޔެއާއި އާޚިރަތުގެ ޚަޒާނާތަކުގެ ތެރެއިން ބޮޑުވެގެންވާ ޚަޒާނާއެއް ހުޅުވުނު ދުވަހެކެވެ. މިއީ ރަޙުމަތާއި ބަރަކާތުގެ މައްސަރުގެ ފުރަތަމަ ދުވަހެވެ. މިއީ ފާފަފުއްސެވުމާއި ދިންނެވުމުގެ މައްސަރުގެ ފުރަތަމަ ދުވަހެވެ. މިއީ ހެޔޮކަންތައްތައް ކުރުމުގެ ތަނަވަސް މަހުރަޖާން މިއަހަރު ހުޅުވުނު ދުވަހެވެ. މި މަހުރަޖާނުގައި ބައިވެރިވެ މުބާރާތްތައް ކާމިޔާބު ކުރަން މަސައްކަތްކުރާނީ ބުއްދިވެރިންކަން ކަށަވަރެވެ. އަދި މިއަދު އެންމެ ބޮޑަށް އުފާފާޅުކުރާނީ މުއުމިނުންކަން ޔަޤީނެވެ.
Print

ތައުބާވުމުގެ ފައިދާތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުލްމުޢީދު ޙަސަން


މާތް ﷲ ، އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ޚަލްޤުކުރައްވާފައިވަނީ، ފާފަކުރާ ބަޔެއްގެ ގޮތުގަ އެވެ. މިކަން އޮޅުންފިލާ ޙަދީޘްފުޅެއްގައިވެ އެވެ.

(كُلُّ ابْنِ آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ)

ރިވާކުރެއްވީ އައްތިރުމިޛީ އާއި އިބްނު މާޖާ.
މާނައީ، "ކޮންމެ އާދަމުގެދަރިޔަކީ ފާފަވެރިއެކެވެ. އަދި ފާފަވެރިންގެ
Print

ދުނިޔެވަނީ އިންތިޒާރުގައެވެ.

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

    އާރނަލްޑް ޖޭ.ޓޮއިންބީއަކީ މަޝްހޫރު އިނގިރޭސި މުއައްރިޚެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްފޮތަކީ، ތަހުޒީބުގެ އިމްތިޙާން (Civilization in Trial, London 1948) އެވެ. މުޞަންނިފް ވިދާޅުވާގޮތުގައި، އޭނާ ލިޔުއްވި 263 ޞަފްޙާގެ މިފޮތަކީ، އިންސާނާގެ މިހާރާއި، އޭނާގެ ކުރިމަގާމެދު މުއައްރިޚަކު ދެކޭގޮތް ހާމަކޮށްދޭ ފޮތެކެވެ.

    މި ފޮތުގައި މުޞަންނިފް ލިޔުއްވައިފައިވާ ވާހަކަތަކުގެ ތެރޭގައި ވެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ