އަދުގެ ޚާއްސަ

ސިއްޙަތު

Print

ބަލިވެއިން ފިރިމީހާގެ ބަލިވެއިނުމާއި ވިހެއުން ކާމިޔާބު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ފޮނުވީ: އެމް

އޭނާގެ ދަރިފުޅު ވިހޭކަމަށް ވަނީ، 13 ނޮވެމްބަރ 2008 ގައެވެ. އޭނާއަކީ، ކުރިން އަންހެނެކެވެ. ދެން ފިރިހެނަކަށް ބަދަލުވިއެވެ. ދެން އަންހެނަކާ އިނެވެ. އެއަށްފަހު، އެދެމަފިރިންނަށް އެނގުނު ގޮތުގައި، ބަލިވެ އިނުމާއި ވިހެއުމުގެ ކުޅަދާނަކަން އަނބިމީހާގެ ކިބައިގައި ނެތެވެ.

ބަލިވެ އިނުމަށް ފިރިމީހާ އެދުނީ މިހެންވެގެންނެވެ. މިވަރުގެ ބޮޑު ގުރުބާނެއް އޭނާވީ، އޭނާގެ އަނބިމީހާއަށް އުފާވެރިކަން ލިއްބައިދިނުމަށްޓަކައެވެ. އޭނާގެ ބަނޑުގައި ދަރިފުޅު އަށަގެންނެވުނީ، ޓެސްޓް ޓިއުބްގެ އެހީގައެވެ. މިކަން ކާމިޔާބުވެ، އޭނާ ވިހެއީ އަންހެން ކުއްޖެކެވެ.

މިހިރީ، މިޒަމާނުގެ އާ ކަންތައްތަކެވެ. ކޮންމެ ކޮންމެ މީހަކު މިކަހަލަ ތަޖުރިބާތައް ކުރާކަށް ނުވާނެއެވެ.






އިތުރު ފޮޓޯތައް














ޙަވާލާ:
News of The World
you tube

Print

ގަހަކަށް ބަދަލުވަމުން ދިޔަ ދީދީގެ ބައްޔަށް ޝިފާއެއް ވިއެވެ.

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ފޮނުވީ: އެމް

ގަހަކަށް ބަދަލުވާން ފެށުމުގެ ކުރިން، ދީދީއަކީ، ޞިއްޙަތު ސަލާމަތުން ހުރި ޒުވާނެކެވެ. ގަހަކަށް ބަދަލުވުމުގެ ބަލި، އޭނާއަށް ޖެހުނީ، އޭނާގެ ޢުމުރުން 14 އަހަރުގައި ކަކުލަށް ލިބުނު އަނިޔާއަކާ ވިދިގެންނެވެ. ދީދީއަށް ޖެހުނު ބަލީގައި ވާގޮތަކީ، ހަށިގަނޑުގެ އެތަން މިތަނުން މޫފެޅުމެވެ. އެއީ ގަސްގަހާގެހިން ފަލާކަހަލަ މުލެވެ. އެ ބަލީގައި އެންމެ ގިނައިން މޫފަޅާފައިވަނީ، ދީދީގެ ހަތަރެސް ފައިންނެވެ. އެހެންކަމުން، އެއްޗެހީގައި ހިފައި އުޅުންވަނީ އޭނާއަށް ނުހަނު އުނދަގޫ ކަމަކަށް ވެފައެވެ.

Print

ކުޑަކުއްޖެއްގެ ބަނޑުތެރޭގައި ކުޑަކުއްޖެއް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ފޮނުވީ: އެމް

ފޮޓޯގައި އެވަނީ ސުޢޫދީ ޢަރަބިއްޔާގެ ކުއްޖެކެވެ. މި ކުއްޖާގެ ޢުމުރަކީ، އެއްއަހަރެވެ. މި ކުއްޖާގެ ބަނޑު ބޮޑުކަން ފާހަގަ ނުކުރެއްވޭތޯއެވެ؟ މިކަމުގެ ޙަޤީޤަތް ބެލުމަށްޓަކައި އެކްސްރޭ ނެގުމުން އެނގުނީ، މި ކުއްޖާގެ ބަނޑުތެރޭގައި ކުޑަކުޑަ ކުއްޖެއް އެބައޮތް ކަމެވެ. ޑަކުޓަރުން ވިދާޅުވާ ގޮތުގައި މިއީ ވަރަށް ނާދިރު ޙާލަތެކެވެ. ނުވަދިހައިގެ އަހަރު ތެރޭގައި މިޞްރު ކުއްޖެއްގެ ބަނޑުތެރޭން ވެސް ކުޑަ ކުއްޖަކު ފެނިފައި ވެއެވެ.
Print

މުޙިންމީ... ސިއްހަތް ނުވަތަ ވެހިކަލް ؟

ޝާޢިއުކުރީ މިރާޒް މުޙައްމަދު . ހިމެނޭބަޔަކީ ސިއްޙަތު

ވެހިކަލްއަކީ އަޅުގަނޑުމެންގެ އާއްމު ދިރިއުޅުމުގައި ވަރަށްވެސް މުޙިންމު ދައުރެއް އަދާކުރާ އެއްޗަކަށް މިހާރު ވަނީ ވެފައެވެ. އަވަސްގޮތަކަށް ތަނަކަށް ދާންޖެހޭވަގުތު ނުވަތަ ފިނި ބުރެއް ޖަހާލަން އަދި މިނޫނަސް ވަރަށް ގިނަ ގޮތްގޮތުން ކޮންމެހެން ގެންގުޅެން ލާޒިމުވެފައިވާ އެއްޗެކެވެ. އަމިއްލަ ވެހިކަލްއެއް ނެތްނަމަ ގާތްރައްޓެއްސަކާއިއެކު ނުވަތަ ޓެކްސީއެއްގައެވެ. މިތަކެތީގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަކަންކަން ފަސޭހަވެއެވެ. ނަމަވެސް މީގެން އަޅުގަނޑުމެންނަށް ލިބިދާނެ ނުވަތަ ލިބެމުން އަންނަ ގެއްލުންތަކާއިމެދު ވިސްނާލުމަށް ކުޑަވަގުތުކޮޅެއް ހޭދަކޮށްލުން ކިހިނެއްވާނެތޯއެވެ؟
Print

ދަރިއަކު ވިހެއިފަހުން ފިރިހެނަކަށް ބަދަލުވި އަންހެނެއްގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ސިއްޙަތު


ފޮނުވީ: އެމް

ކުރިން އޭނާގެ ނަމަކީ، އަރްޥާ އެވެ. އޭނާ އުފަންވީ 1975 ވަނަ އަހަރު، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟު ގައެވެ. މެދު މަދުރަސީ ތަޢުލީމު ނިމެންދެން އޭނާ ކިޔެވީ ރިޔާޟުގެ އަންހެން ކުދިންނަށް ޚާއްޞަ ސްކޫލްތަކުގައެވެ. އެއަށްފަހު ސާނަވީ ތަޢުލީމް ފުރިހަމަ ކުރުމަށްޓަކައި ޔަމަނަށް ދިޔައެވެ. އަދި 1997 ވަނަ އަހަރު މީހަކާ އިނެވެ. އެކައިވެނީގެ ފުރަތަމަ މަހުގައި އޭނާގެ ބަނޑު ބޮޑުވިއެވެ. ނަމަވެސް ފަސްމަސް ދުވަސް ފާއިތުވިތަނާ އެ ކައިވެނި ރޫޅިއްޖެއެވެ.


އޭގެ 6 އަހަރު ފަހުން، އޭނާގެ ގާތް ތިމާގެ މީހުން ދެކިލުމަށްޓަކައި ރަށްފުށަށް ދިޔައެވެ. އެ ދަތުރުގައި އޭނާ ފަރުބަދައެއްގެ މައްޗަށް އަރައި ހުއްޓާ، ފަރުބަދައިގެ ތިރީގައި އޮތް ހިލައެއްގެ މައްޗަށް ވެއްޓުނެވެ. މި ހާދިސާގައި އޭނާއަށް ވަރަށް އަނިޔާވިއެވެ. އަދި އޭނާގެ ގައިން ވަރަށް ގިނައިން ލޭ ބޭރުވިއެވެ. އެބަލީގައި މަސްދުވަސް ވަންދެން އެނދުމަތީގައި ނުތެދުވި އޮތް އިރު، އޭނާގެ ބަނޑުގެ ތިރީގައި ރިއްސިއެވެ. ކޮންމެއަކަސް އެއަށްފަހު އޭނާއަށް މައްސަރުކަންތައް ޖެހުން ހުއްޓުނެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ