ހުރުން - ހުރުން
ދިވެހި ބަހުގެ ހަމަތަކުގައި ހިމެނޭނޭ އިނުން އޮތުން ހުރުން- ހުރުން
މި ވެށީގައި އެހެނަސްވެސް ބުނެދޭނީ ތަފްޞީލަށް ހުރުން- ހުރުން
ފިރިހެނެކޭ ދޮންބެ އެއީ ކިޔަވަންގޮސް ދޮންބެ ހުރީ މާލޭގައި
ފިރިހެނުން ހުންނަހުރުން ބުނެދޭނީ ލަފުޒުންނޭ ހުރުން- ހުރުން
އެއެއްޗަކަށް ބާރު ނުދީ އަމިއްލައަށް ހުރެވޭ އެއްޗެއް ނަމަހީ
އެއެއްޗަކާ ގުޅުވައިގެން ކުރަނީ ދެން ބޭނުން ހަމަ ހުރުން- ހުރުން
ހުރުން ކުރޭ ބޭނުން ދެން އިންސާނީ މައުނަވި ބަލަ ސިފަތަކަށް
ނުރުހުނަސް ކެތްތެރިވުން ސިފައެކެ ބަލަ އިންސާނުން ހުރުން- ހުރުން