ތާނައިގެ ތިކިޖެހި އަކުރު
ޢަބްދުލްމުޢީދު ޙަސަން
ތާނައިގެ ތިކި ޖެހި އަކުރަކީ، ވަކި ތާނައެއް ނޫނެވެ. އެއީ ހަމަ ތާނައިގެ ތެރޭގައި ހިމެނޭ އަކުރުތަކެކެވެ. ތިރީގައިވާ ތާވަލުގައި އެވަނީ، ތާނައިގެ ތިކިޖެހި އަކުރުތަކެވެ. ތިކިޖެހި އަކުރުތައް، ތާނައިގައި ބޭނުންކުރަނީ، ހަމައެކަނި ޢަރަބި ލަފުޒުތައް ލިއުމަށްޓަކައެއް ނޫނެވެ. އެނޫން ބަސްތަކުގައި ހިމެނޭ އަޑުތައް ޙާޞިލުކުރުމަށްޓަކައި ވެސް ތާނައިގެ އަކުރުތަކުގައި ތިކި ޖެހެއެވެ.
ޢަރަބި އަކުރު | ތިކި ޖެހި އަކުރު | މިސާލު |
ث | ޘ | އަޘަރު، |
ح | ޙ | ޙަސަން، ޙުސައިން. |
خ | ޚ | ޚާލިދު، ޚަބަރު، ޚައިރާތު، ޚިޔާލު، ޚަލީލު، ޚާލިދާ، ޒަޚަމް، ޚަޒުރަޖު، ޚިތާނު، ޚިދުމަތް، ޚަބަރުދާރު، |
ذ | ޛ | ޛިކުރު، އަލްއުސްތާޛު، |
ش | ޝ | ޝަރީފު، ޝައުޤު، ޝުހުރަތު، |
ص | ޞ | ޞަމަދު، ނަޞީބު، |
ض | ޟ | ޟާމިރު، ޥުޟޫ، ޟަމީރު، ޙަޟުރަތަށް، އަލްފާޟިލު، އަލްފާޟިލާ، |
ط | ޠ | ޠާހިރު، |
ظ | ޡ | މުޡާހަރާ، |
ع | ޢ | ޢަމަލު، ޝާއިޢު، މަޢާފު، އިޢުލާން، |
غ | ޣ | ޣާފިލު، |
ق | ޤ | ޤައުމު، |
و | ޥ | ޥުޟޫ، |
- | ޜ | ޓެލެވިޜަން، |