ހެދި މުޢުޖިޒާތުގެ ތެރެއިން: ޢާދުބާގައިގެ މީހުންގެ ބިނާތައް
ޢަބްދުލްމުޢީދު ޙަސަން
![](http://img69.echo.cx/img69/2972/206xv.jpg)
އެއަށްފަހު ސެޓެލައިޓުން ނެގި ފޮޓޯތަކެއްގެ އެހީގައި، ޢުމާނުގެ ބިމުން ކިއްލާއެއް ހޯދުނެވެ. ދެން އެއީ ޢާދުބާގައިގެ މީހުންގެ ބިނާއެއް ކަމަށް ހީކުރެވުނެވެ. ނަމަވެސް އެއީ ޢާދު ބާގައިގެ މީހުންގެ ބިނާއެއް ކަމާމެދު ޢުމާނުންވަނީ ރަސްމީކޮށް ދެކޮޅު ހަދާފަ އެވެ.
![](http://img242.echo.cx/img242/3578/7c6vi.jpg)
ޢުމާނުން ފެނުނު ބިނާއަކީ، އަށް ކަނަށް ހަދާފައިވާ ތަނެކެވެ. އެތަނުގެ ކަންތަކުގައިވާ ތަނބުތަކުގެ އުސްމިނަކީ 9 މީޓަރެވެ. އެއިން ތަނބެއްގެ ދިރުހުރަހުގެ ދިގުމިނަކީ 3 މީޓަރެވެ. އެއަށްވުރެ މާ ބިޔަ ބިނާތަކާއި ތަނބުތައް އިހުޒަމާނުގެ އުންމަތްތަކުގެ މީހުން ބިނާކޮށްފައި ވެ އެވެ.
ނަންގަނެވިދިޔަ ދެ ބިނާއަށްފަހު، ޢާދު ބާގައިގެ މީހުންގެ އެހެން ބިނާތަކެއްގެ ވާހަކަ ދެކެވެން ފެށުނެވެ. އޭގެ ޙަޤީޤަތް ހޯދުމަށްޓަކައި، ޢިކާޡު ނޫހުގެ ޓީމެއް ޢުމާނަށް ދިޔަ އެވެ. ނަމަވެސް އެއިން އެއްވެސް ބިނާއެއް އެ ޤައުމުގައި ވާކަމަކަށް ނުވި އެވެ. އެ ބިނާތަކުގެ ޙަޤީޤަތް އެނގުނުއިރު، އެއީ އިންޑިއާގެ ބިމުގައި ހަދާފައިވާ ބިނާތަކެއް ކަން އެނގުނެވެ. އެ ބިނާތަކުގައި ބިޔަ ތަނބުތަކެއް ނުވެ އެވެ. އެންމެ ބޮޑެތި ތަނބުތަކުގެ އުސްމިނުގައި ވެސް ވަނީ 4 މީޓަރެވެ.
![](http://img355.imageshack.us/img355/2447/826181031vw8.jpg)
![](http://img355.imageshack.us/img355/5295/945970907eg7.jpg)
![](http://img355.imageshack.us/img355/5618/top3gp82033612nn2.png)
ޢާދުބާގައިގެ މީހުންގެ ދެ ބާގައެއްވެ އެވެ. އެއީ އިހު ޢާދުބާގަ އާއި ފަހު ޢާދުބާގަ އެވެ. އިހު ޢާދުބާގައިގެ މީހުން ދިރިއުޅުނީ މިޞްރުގެ ބިމުގައި ކަމަށް ބުނާ ރިވާޔަތެއްވެ އެވެ. ބައެއް އަޞްޙާބު ބޭކަލުންގެ އަރިހުން ވެސް އެ ރިވާޔަތް ވާރިދުވެފައިވެ އެވެ.
ފަހު ޢާދުބާގައިގެ މީހުން ދިރިއުޅުނީ ޢަރަބިކަރައިގެ އުތުރުގައި، ސައިނާއާވީ ފަރާތުގަ އެވެ. އެއީ މިޞްރާ ކައިރި ހިސާބެކެވެ.
ޢާދު ބާގައިގެ މީހުންގެ ކިއްލާއެއް ކަމަށް ހީކުރެވުނު 9 މީޓަރު އުސް ކިއްލާއެއް ފެނިފައިވަނީ ޢަރަބިކަރައިގެ ދެކުނުންނެވެ. ނަމަވެސް އެއީ ޢާދުބާގައިގެ މީހުންގެ ބިނާއެއްކަން ސާބިތުކޮށްދޭ ހެކިތަކެއް ނެތެވެ.
ޤުރުއާނާއި ސައިންސްގެ މައުޟޫޢުގައި ލިޔުއްވާ ބައެއް ލިޔުންތެރިން މިފަދަ ބިނާތައް ކީރިތި ޤުރުއާނުގެ މުޢުޖިޒާތުގެ ތެރޭގައި ހިމަނުއްވަ އެވެ. ބައެއް ލިޔުންތެރިންގެ ނިޔަތް ރަނގަޅު ވިޔަސް، ބައެއް ފަރާތްތަކުން އިޝްތިހާރުކުރާ މިފަދަ ތަކެތި ހިމެނެނީ ހެދި މުޢުޖިޒާތުގެ ގޮޅީގަ އެވެ.
މަޞްދަރުތައް:
މައުސޫޢަތުލްއިޢުޖާޒި ފިލްޤުރުއާނި ވައްސުންނާ.
ދާރު ޢަޠާ އިން ޝާއިޢުކޮށްފައިވާ ދިރާސާއެއް.
މަކުތޫބު ވެބްސައިޓު (ޔޫއޭއީ).