އާޔަތަކާއި ފޮޓޯއެއް: މާސްގައި ގަސް
ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ދުނިޔޭގެ ބިމުގައި އުފެދޭ ވެލިފުނިތަކާއި، މާސްގައި އުފެދޭ ވެލިފުނިތަކުގެ އެއްގޮތްކަމީ، މި ދެ ޕްލެނެޓް އެއްފަރާތަކުން ޚަލްޤުކުރައްވާފައިވާ ކަމުގެ ދަލީލެކެވެ. އާދޭހެވެ. މި ދެ ޕްލެނެޓް ވެސް ޚަލްޤުކުރެއްވީ ޚާލިޤުވަންތަ މާތް ﷲ އެވެ. އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ.
(قُلِ اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ الْوَاحِدُ الْقَهَّارُ)
އައްރަޢުދު: 16މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެ އެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެ އެވެ."
މިއަދާ ހަމައަށް އިންސާނުންނަށް ހޯދިފައިވާ މަޢުލޫމާތުގެ މަދުކަން، މިފަދަ ފޮޓޯތަކުން އެނގެ އެވެ. މާސްއަކީ، ދުނިޔެއާ އެންމެ ކައިރީގައިވާ އެއް ޕްލެނެޓެވެ. އެހެން ކަމާއެކުވެސް، އޭގެ ބިންމަތީގެ ޙަޤީޤަތް ދެނެގަތުމަށް ސައިންޓިސްޓުން ވަނީ މިއަދާ ހަމައަށް ވެސް ނުކުޅެދިފަ އެވެ. ނަމަވެސް މިފަދަ ފޮޓޯތަކަކީ، މާތް ﷲ ގެ ޤުދުރަތްތެރިކަމާއި ކުޅަދުންވަންތަކަން ދައްކާދޭ ދަލީލުތަކެއް ކަމުގައްޔާއި، އީމާންކަން އިތުރުކޮށްދޭ ވަސީލަތެއް ކަމުގައި ވެދާނެތޯ އެވެ؟
މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.
(قُلِ انظُرُواْ مَاذَا فِي السَّمَاوَاتِ وَالأَرْضِ وَمَا تُغْنِي الآيَاتُ وَالنُّذُرُ عَن قَوْمٍ لاَّ يُؤْمِنُونَ)
ޔޫނުސު: 101މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގައިވަނީ ކޮންއެއްޗެއްތޯ ތިޔަބައިމީހުން ބަލާށެވެ! އަދި އީމާންނުވާ ބަޔަކަށް އާޔަތްތަކުންނާއި، އިންޒާރުކުރައްވާ ރަސޫލުންގެ ކިބަޔަކުން ކަމެއް ފުއްދައެއް ނުދެވޭނެތެވެ."
މަޞްދަރު:
އަލްކަޙީލުގެ ވެބްސައިޓު.
އާޔަތްތަކާއި ތަރުޖަމާ: ކީރިތި ޤުރުއާނާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއިން.