މަރު
ކަނީރު ޢަބްދުއްރަޙީމު
![](images/stories/84_photo/crying_eye.jpg)
ހޮރުތެރޭގައި ވަދެއޮތަސް މިންޖެއްވުމެއް ނޯންނާނެޔޭ
ކަރުހިފައި ލޭއޮހޮރުވައިގެން ދުނިޔެރަންކޮށް އުޅުނަކަސް
ބަރުނުވާނަމަ ހެޔޮރަނގަޅު ކޮޅު ފިނިކަމެއް ނުލިބޭނެޔޭ
ބެންކުގައި މިލިޔަން ޖަމާކޮށް ބެންޒުކާރަށް އެރިއަކަސް
އެއްމެ ސީދާ ތެދުމަގުން ނުގޮހެއް މޮޅެއް ނުލިބޭނެޔޭ
އަޑު އެހާގަދަ ބާރުހުރި ފޮނި ޒީލަގަދަ ޖައްބާރަކަސް
މަޑުވެ ހަސްފަސް ނެތިވެދާނެއެ އެއްކަމެއް ނުވެވޭނެޔޭ
ކޮންމެދިރުމެއް މަރުވެގެންދާކަން އެނގޭއިރު ފެނި މިތާ
ކޮންމެ ކަމަކާ ދެކޮޅުވެރި ވާކަށް ހިލާ ނުޖެހޭނެޔޭ
މިއަދު މަތިހަށިތައްނަގައި ގޮށްމުށްމަޅައި ގަދަހެދިއަކަސް
މިއަދުވެސް އުމުރަށްނިމުން އައުމެއް ދުރަކު ނޯންނާނެޔޭ
އާއިލާޔާ ގައުމު އަބަދުމެ އެދި އެގޮވަނީ ހަމަޖެހުން
ދާއިމަށް ހަމަ އެކަކުވެސް ދުނިޔެއަކު ނުމެހުންނާނެޔޭ
---------------
(ނިމުނީ)
(ނިމުނީ)