ވާޖިބެވެ.
އުތީމު އާދަމް ޢަބްދުއްރަޙްމާނު
ރޭގަނޑަށް އުށް ބައްތި ހުރެގެން ހަތަރުދަމު އެބަހަރަ އަނދާ
އޭގެ އަލިކަމުގައި އެތައް މީހަކު މަޖާކޮށް ހީނ ހަދާ
ހީކުރޭ އަދި މަޑުމަޑުން އުށް ބައްތި ހުރެ ބުނަމުން ދެޔޭ
މީ ކިހާ ބޮޑު ޚިދުތެއްހޭ ކޮށްދެވޭ ބަޔަކަށް ނިދާ
ކޮންމެ ރެޔަކަށް އޮއްސުމުން އިރު މި ގޮތުގައި ވިރެމުންދަމޭ
އޮންނަނީ ލިބުމޭ މަށަށް އަބަދާ އަބަދު ވޭނާ ތަދާ
ތާކުގައި އެއްވެސް އެހެން މި ކަހަލަ ވަފާތެރި ޚިދުމަތެއް
ކާކުބާއޭ ދޭ ހުރީ މި ގޮތަށް ކޮޅަށް ހުރެ ނުމެ ނިދާ
ކެތް ނުވެވިގެން ހިތްފަޅައިގެން ގޮސް ރޮމުން އަދި ބުނެލިޔޭ
ނެތް މެޔޭ ދަންނާނެ މީހަކު ވާ މި ޤުރުބާނާ ފިދާ
ހީނގަތޭ ކަކަކަކަ އަޅާ މެހެފިލް މި އަޑު އިވުމާ އެކީ
ދީފަތޭ ފުރިހަމަ ޖަވާބެއް ނެތި ބިރާ ސިހުމާ ލަދާ
ހީވަނީހޭ ތީ ވެވޭ ޤުރުބާނެކޭ ބަޔަކަށްޓަކާ
ނޫނެކޭ ތީ ވާޖިބޭ އުށް ބައްތި އަށް ކުރެވޭ އަދާ
----------------------