ޕޭ ޓޮއިލެޓް
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2003)
ފަރިކަމާ ފުރިހަމަ ކަމުން، ގިނަ ހިތްތަކާ ކުޅެލާނެޔޭ
ބަރިޔަކަށް، ޚިދުމަތް އެދޭ މީހުން ޖަމާވެ ތިބޭނެޔޭއިޙްތިރާމުގެ ނަޒަރަކުން އެ ދިމާ ބަލައިލާނޭ ލޮލެއް،
މިހުރިހާ މީހުން ތެރޭަގައިވެސް ހިލައި ނުމެވާނެޔޭސާފު ހުދު ބޯކިރުތިކެއްހެން މުޅި ޢިމާރާތް ދެއްކިޔަސް،
ސާފު ތާހިރުކަން ޙަޤީޤަތުގައި އެތާކު ނުވާނެޔޭއަށްޑިހައިން ސައްތައިން، ރެޔާއި ދުވާލު މީހުން ދާނެޔޭ
އަށްސަތޭކަ ވިޔަސް އެދޭ ޚިދުމަތް އެހެން ލިބިދޭނެޔޭހަށިތަކަށް ލުއިކަން ދިނަސް، އެތަނުން ހިޔާވަހިކަންދިނަސް،
''ކަށިތަކެއް ފަދަ ވިހަ'' ނުރައްކާ އެތަނުގައި ހުންނާނެޔޭގަނޑުވަރެއްހެން ނުހަނު ޒީނަތްތެރި ވިދުންތައް ގިނަކަމުން،
ދަނޑުވެރިންވެސް ސާހިބުންވެސް އެތަނުގައި މަޑުޖެހިލަޔޭދޭހިތުން ޚިދުމަތް ދިނަސް، ބޭނުން އެދޭ ފުއްދައި ދިނަސް،
''ފޭހިފައި ހުރި ކަށިތަކަށް'' ގިނަ ބަޔަކު މަހަމުންދާނެޔޭއަންނަ އެކި އެކި ފެންވަރުން އެކި ކަހަލަ އެކި އެކި މީހުނަށް
ވަންނަ ދޮރު ތަނަވަސް ކުރީމާ، ތަންމުޅިން ހަޑިވާނެޔޭހެޔޮ ރަނގަޅު ގޮތް، އެއްކިބާކޮށް، ޢަމަލުގައި ދޯހަޅިވުމުން،
ހެޔޮމަގުން ރެކުމުން ލިބޭ ގެއްލުން ލަހެއް ނުމެވާނެޔޭނާދިރޭ ވެށްޓަށް މިފަދަ ހޭނިއްޖެނަމަ އާދަވެ ތިބާ!
އާދެ! ދެ ބިމުން، މިންޖުވުން އޭރުން ހަލާކުވެދާނެޔޭ