ނަޒަރުދެނީ މަދުބަޔެކެވެ.
މަރިޔަމް ރަފީޢު (މަރިޔާދު)
އަދު ކޮރޯނާ ނިކަން ބާރަށް ފެތުރި، ދުނިޔެއެ ހުއްޓުމަކަށް މިދަނީ!
މަދު ބަޔެކޭ މި ކަންކަމަށް ނަޒަރު ދެނީ!
އަދު ގައިމޭ އެކީ ނަފުސާ މުޅި ޢާލަމް ހަނާވެ ދަނީ!
މަދުބަޔެކޭ މި ކަންކަމަށް ނަޒަރު ދެނީ!
އަދު ޙާލަތު ބަދަލުވެގެން ދަނީއޭ ގިނަ ބަޔަކު ބައްޔަށް ފައްސިވެގެން،
ލަދު އަދި ބިރު ނެތި ދުވެ ނަގަނީ، ގިނަ ބަޔަކު ތިބީމާ ނައްސިވެގެން،
އަދު ހިނގާ ދުޢާކުރަމާ ބިރާސްކަން ފިލައި ނަޖާވުން އެދިގެން،
މަދުބަޔެކޭ މި ކަންކަމަށް ނަޒަރު ދެނީ!
އަދު އަހާށޭ އަޑު މާހިރުން ދެއްވާ ލަފާ "އިންދިރާސްވެވިގެން"،
މަދުވާނޭ ގައިމު ފެތުރޭ މިންވަރު ތިބޭށޭ ގޭގައި އަތް ދޮވެގެން،
"ކަނދުއަޅަމުން ވިޔަސް" ތިބެގެން ކުރާށޭ ގިނަދުޢާ ޚުޝޫޢުވެގެން،
މަދު ބަޔެކޭ މި ކަންކަމަށް ނަޒަރު ދެނީ!
ބަދު ބަސް ބުނެ، ނުހަދާ ހިނގާ ކިޔަމަންވެ ތިބޭން ގޭގައި ބަންދުވެގެން،
ލަދުވެތިވާށޭ ފާފައެކޭ ވެރީންނަށް ކިޔަމަން ނުވުމީ އެނގި ތިބެގެން،
ހަނދުމަކުރަމުން ލިބޭ އިރުޝާދު ކުރާށޭ ދުޢާ ސަމާލުވެގެން،
މަދު ބަޔެކޭ މި ކަންކަމަށް ނަޒަރު ދެނީ!
________________________