ލޮލުގެ ސިހުރު
އާޅެން
- މުޙަންމަދު ޝާހިދު ޙަލީމް -
ފުން ކަނޑެކޭ އެއްފަދައޭ، ފުންފުން ދެ ލޮލުގެ ފުންކަން،
ޚަންޖަރެކޭ އެއްފަދައޭ، ފަރިފަރި ދެ ލޮލުގެ ފަރިކަން،
ރާ ގަލަހެކެ އެއްފަދައޭ، ތެތްތެތް ދެ ލޮލުގެ ތެތްކަން،
ރޭގަނޑެކޭ އެއްފަދައޭ، ކަޅުކަޅު ދެ ލޮލުގެ ކަޅުކަން،
ވިދުވަރެކޭ އެއްފަދައޭ، އަލިއަލި ދެ ލޮލުގެ އަލިކަން،
އެހެނަސް ޝާހިދު އެދެނީ؛
އެ ފުން ކަނޑަށް ޣަރަޤުވާން،
އެ ޚަންޖަރުން ކަތިލެވޭން،
އެ ރާތަށިން މަސްތުވާން،
އެ ރޭގަނޑަށް ގެއްލިދާން،
އެ ވިދުވަރުން ކަނުވެދާން.