ހަތުރެއްކަމަށް ވަނީއޭ
މުޙައްމަދު އިމްރާން / މއ. ސަމާމަންޒިލް
![](images/stories/96_photo/hitheh.jpg)
މިތުރެއް ކަމަށް ނުވާތީ، ހަތުރެއް ކަމަށް ވަނީއޭ
އިތުބާރުކުރި ކަމެއްގައި، ގެއްލުންތަކެއް ދިނީމާ
އިތުބާރު ގެއްލިފައިވީ، ހަތުރެއް ކަމަށް ވަނީއޭ
ފިތުރަތުގެ ސާފު ހިތުގައި، އެތެރޭގަ ހަސަދަ އޮވެފައި
ފިތުނައިގެ ގިނި އަނދާތީ، ހަތުރެއް ކަމަށް ވަނީއޭ
މިތުރެއްކަމަށް ބަލައިފާ، ޚިދުމަތްތަކެއް ކުރީމާ
ބިތުފަންގި ނެގިފަހުންތީ، ހަތުރެއް ކަމަށް ވަނީއޭ
އިތުރަށް އެހީވެދީފާ ، ޚިދުމަތްތަކެއް ދިނީމާ
ރިތުލައި ކެނބީމަ ދުރުވަން، ހަތުރެއް ކަމަށް ވަނީއޭ
ހިތުގައިވި ލޯބި ނިއުޅާ، އެކުވެރި ގުޅުންކަނޑައިލާ
ނިތު ސިއްކަ ފަހު ޖެހީމާ، ހަތުރެއް ކަމަށް ވަނީއޭ