ކަން އޮތްގޮތް
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2004)
ޝާޢިރުލްމަޤުތޫލު
މަޖަލަކަށް ވެސް ފިތުނައެއް ހެދި ނަމަ ނިމޭނީ މޮޅިޔަށޭ!
އަޖަލު އައިސް ގެންދާ ވަގުތު ދެ ޙަޔާތްމެ ދާނީ ތޮޅިޔަށޭ!
މާ ތިމާގެވެގެން، އުތީމު ރަދުން އަހަރު މަތިފުޅު ދުވަހު
ފާތިޙާޔަށް ދާ އަޚުން ކަޅި ހުއްޓެނީ، ފެން ފޮޅިޔަށޭ!
ލޯބިކޮށް ހިނތުންވެލާ ސިންގާގެ އާޚިރު ޢަމަލުގާ،
ލޯބިކޮށްލަން ބޮސްދެނީ މިތުރާގެ ނޭވާ ހޮޅިޔަށޭ!
ސާދަ ފަނަރައިގާ ލިބޭ ހަނދުވަރުތެރޭ ވިސްނުން މޮޅީ،
ވާދަ ޖަހަމުން އަންނަ ޠޫފާނުގެ ވަޔާ ގަދަ ކޮޅިޔަށޭ!
މިނިވަނެއްކަމުގައިވެ ހުރިހާ ޙައްދަކުން ނެއްޓޭ މޮޔައިން،
''ގިނިފަތިން'' ބޮލުގައި ހިފައި އެއްލުން އޮތީ ކުޑަ ގޮޅިޔަށޭ!
ކުރުނބައެއް ކާށްޓަށްވުމަށް ވާށޭ ޖެހޭނީ ގަބުޅިޔަށް،
މިރި ކިހާކަށްވުރެ ކުރީން އެ ވަނީ ކިހަށް ޅަ ގޮބޮޅިޔަށޭ!
އޮޑިޔަކަށް އީމާން ކަމުގެ ވައިނުލިބި ފުރޮޅާނަމަ ރިޔާ،
އޮޑި އޮޔާގޮސް ވައްދަނީ ފާޙިޝްކަމުގެ ކަނޑު އޮޅިޔަށޭ!
ދަންނަ ކަމެކޭ ދޭކަމީ ވޮށިމަސް މިޔަރު ޙަމަލާ ދަތުން،
އެންމެ އަވަހަށް މަޑަޖަހަން ކެރެނީ އެނގޭހެ ކަނޮޅިޔަށޭ!
------------------------
22ސެޕްޓެމްބަރު 2004