ޢިލްމާއި ހުނަރަކީ ވަކި ދެބާރު!
އަޙްމަދު ނާފިޢު ބ.ދަރަވަންދޫ
![](images/stories/94_photo/kafagandu.jpg)
މީހުން ބުނެއުޅެއެވެ. ކިޔެވިކިޔެވިހެން ވާނީ މޮޔައެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އެވަނީ މޮޔައެއްނޫނެވެ. ކިޔެވިކިޔެވިހެން ކަންތައްތަކާމެދު މާބޮޑަށް ވިސްނެނީއެވެ. ކަންތައްތައް ކުރާ ހިތްވަނީ އެވެ. ނަމަވެސް ކިޔެވުމާއެކު އެކަމުގެ ޢަަމަލީ ތަޖުރިބާ ހޯދައިފިނަމަ ނުވަތަ އެ ކިޔެވިއެއްޗަކުން ހުނަރުވެރިކަމެއް ލިބިއްޖެނަމަ މިކަންކަމާ މާބޮޑަށް ވިސްނާކަށް ނުޖެހޭނެ އެވެ. ދެބާރު އެކުވުމުން ނުކުންނާނެ ނަތީޖާ ފޮނިވާނެ އެވެ. ތިމާއަށް ލިބިފައިވާ ހުނަރާ ގުޅޭ ކަމަކާ ކިތަންމެ ބޮޑުކޮށް ކުރިމަތިލާން ޖެހުނުނަމަވެސް ކެރިހުރެ އެކަން ނިންމާނެކަން ޔަޤީނެވެ.
އާދެ! ކުޑަވެސް ޝައްކެއްނެތެވެ. މިހާރަކަށް އައިސް ގިނަ އޮފީސްތަކުން ޤަބޫލުކުރާގޮތުގައި އޮފީހަށް އެންމެ ބޭނުން ހިފޭ މީހުންނަކީ މޮޅަށް ކިޔަވައިގެން ތިބޭ މީހުންނެވެ. އޯލެވެލް ސްޓޭންޑަޑަކީ މިހާރު ގިނަ އޮފީސްތަކުން ޤަބޫލްކުރާ ފެންވަރެއްނޫނެވެ. އޯލެވެލް ހަދައިގެން މަސައްކަތްކުރުމުގައި ކިތަންމެ މުރާލި ނުވަތަ މޮޅަށް ޑިޒައިންކުރާ ނުވަތަ ޓެކްނީޝަން ކުއްޖަކު އޮފީހަކަށް ވަންނަން ކުރިމަތި ލިޔަސް ގިނަ ފަހަރަށް ވާގޮތަކީ އެއްކަލަ އޯލެވެލް ކުއްޖާ އެއްކިބާކޮށްފައި އޭލެވެލް ނުވަތަ ޑިގުރީ ކުއްޖާ ވަޒީފާއަށް ހޮވައެވެ. އެއްވެސް ހުނަރެއް ލިބިފައިނެތަސް ވަރިހަމަ އެވެ. ދެންވާގޮތް ވިސްނާ ބައްލަވާށެވެ. އެއޮފީހަކީ ޑިޒައިންކުރާ ތަނެއްނަމަ އެއްކަލަ ޢިލްމު ލިބިގެން ހުރި މީހާއަށް އެކަން ކުރަން އުދަގޫވާނެކަން ޔަޤީނެވެ. ނަމަވެސް ހުނަރުވެރި މީހާ ހުރިނަމަ އެއީ ވަރަށް ފަސޭހަވެގެންދާނެކަމެކެވެ.
އެހެންކަމުން އަޅުގަނޑުދެކޭގޮތުގައި ޢިލްމެއް ލިބިފައި ހުއްޓަސް އަދި މިހާރަކު ނުފުދޭނެއެވެ. ޙިލްމެއްވެސް ހުންނަންޖެހޭނެއެވެ. މިދެބާރު އެކުވެއްޖެނަމަ ހަމަޔަޤީނުން ވެސް ދެކޮޅުވެރި ބަޔަކަށް ފޫވައްޓާލުމަކީ ދަތި އުދަޤޫކަމަކަށް ވެގެންދާނެކަން ޔަޤީނެވެ.
(ނިމުނީ)
މި ލިޔުން؛ ފޮނުވުން: އަލްފާޟިލް އަޙްމަދު ނާފިޢު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
ޝާއިޢުކުރުން: '' ''