ޅެން ޝަރަޙަ ކުރުމުގެ މުބާރާތް - ފުރަތަމަ ޅެން
އެއްވަނަ ހޯއްދަވާ ފަރާތަކަށް، އަގުހުރި އިނާމެއް!!
![](images/stories/98_photo/marukazu.jpg)
މި ފަހަރުގެ ލަވަ (ޅެން)
މައުޟޫޢު: ކޮބައިތޯ ޣާޒީން؟
ޝާޢިރު: އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު
އަޑު: އަލްފާޟިލް އިބްރާހީމް ޙަމްދީ
މިޔުޒިކު: އެމް. އާރު. ސީ.
ކޮބައިތޯ ޣާޒީން؟
ނިޝާން އޭ މަދުތޯ؟ އެ މާތް ދަރީންނޭ، ވަޠަންގެ ބިމުގައި ހާމަވާ
ނިންމެވި ތެދޭ، ޤަރުނެއް އެތައް، ބަޠަލުންގެ ރޫޙޭވަނީ ދޭހުގާ
އަދުވީ ފިދާ ވާށޭ އަލުން، އަސްތާ އެ މައިދާންތަކުން ދެން ހިނގާ
ތިޔަ ފަޚުރުގާ، ޖާނުދީ ޤުރުބާންވެދާ، ވާނަމޭ ބަޔަކަށް އުފާ، ލޯބިވެތި ޤައުމަށްޓަކާ
ޒަމާނޭ މި އޮތީ، ތަރައްޤީވާހެން، އަމާންވެ މަގުތައް ހިޔަލުގާ
ނަޞްލުންގެނައި، ޖީލޭ މިއީ، ދިވެހިންގެ ލޭ ދިން، އެ ބާލުން ހެދޭ
އަސްލޭ މިއީ، އަގުހުރި ނިޝާން، ފެއްސާ ރަތާ އަދި ހުދުން ވިހުރިދާ،
އައުދާނަކަން، އަދުވަނީ ހިތްތަކުތެރޭ، ޙުރުމަތާއެކުގައި ދިރޭ، ރުޖުޢަވާ ޢާލަމްތެރޭ
ގަތާ ގުލްދަސްތާ، ވެދުން ކޮށްލާނީ، އެ އަބްޠާލުންނަށް، އުފަލުގާ
(ނިމުނީ)
ނޯޓު: ޅެމުގެ ޝަރަޙަ ލިޔުއްވާނީ، ޚިޔާލުފާޅު ކުރެއްވުމަށް ލިޔުއްވާ ގޮޅީގަ އެވެ. މާކްސް ދިނުމުގައި ބެލޭނެ މިންގަނޑުތައް ތިރީގައި މި ވަނީ އެވެ.
އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތައް
1- ޅެންވެރިޔާގެ ޝުޢޫރު ނިއުޅައި އިންސާފުކޮށްދެވިފައިވާ މިންވަރު: %40
2- ހުށަހެޅުމުގެ އޮއްޓަރާއި، ހަރުދަނާކަން: %30
3- ޚާއްޞަ ތަދު ލަފުޒުތަކާއި ޢިބާރާތްތައް މާނަކޮށްދިނުން: %15
4- ބަހުގެ ޤަވާޢިދާއި ހަމަތައް: %15
މި ޅެމަށް ފޮނުއްވާ ޝަރަޙަތައް ބަލައިގަންނާނީ، މި ހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށެވެ!