ކިޔޫގެ މައްސަލަ
ޢަބްދުﷲ ނަޢީމު އިބްރާހީމް
![](images/stories/90_photo/waiting.jpg)
ރުމޭނިއާ އަކީ އިހަށް ކޮމިއުނިސްޓް ޤައުމެކެވެ. އެއީ ޔޫރަޕްގެ އެންމެ ފަޤީރު ޤައުމެވެ. ސަރުކާރުގެ ޤަވާޢިދު އޮންނަ ގޮތުން ހެނދުނު ތެދުވެގެން ގޮސް ކޮންމެ ގެއަކުން މީހަކު ކިޔޫގައި ޖެހިގެން އެ ދުވަހުގެ ހެނދުނުގެ ނާސްތާ ހޯދަން ޖެހެއެވެ. މިއީ ހަމައެކަނި ނާސްތާއަކަށް އޮންނަ ޤަވާޢިދެއް ނޫނެވެ. ކޮންމެ އެއްޗެއް ބޭނުން ވިޔަސް ޖެހޭނީ ކިޔޫއެއްގައި ހުންނާށެވެ. ބޭނުންވާ މީހުން ގިނަވީމާ ވާނީވެސް އެހެން ނޫންތޯއެވެ؟
އެއް ދުވަހަކު މީހަކު ހެނދުނު ހަތެއް ޖެހި އިރު ތެދުވެގެން ގޮސް ޕާނެއް ހޯދަން ކިޔޫގައި ހުއްޓިއްޖެއެވެ. އޭނާ އެހެން ހުއްޓާ އެގާރަ ޖަހައިފިއެވެ. އޭރު ބަނޑުހައި ވެގެން ގޮސް އަނބުރައިގަންނަ ހިސާބަށް ހިނގައްޖެއެވެ. އޭނާ ރުޅި އައިސްގެން ބުންޏެވެ. "އަހަރެން މި ދަނީ ކާނާއާ ބެހޭ ވަޒީރު މަރާލަން-"
މިހެން ބުނެފައި ހިނގައްޖެއެވެ. ކިޔޫގައި ތިބި މީހުން އޭނާއަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ.
އޭގެ ބައި ގަޑި އިރު ފަހެވެ. އެއްކަލަ މީހާ އެނބުރި އައިސް އަނެއްކާވެސް ކިޔޫގައި ހުއްޓި އިސް ޖަހައިލައިގެން ހުރެއްޖެއެވެ. އޭނާ ދަމުން މި ދަނީ ކާނާއާ ބެހޭ ވަޒީރު މަރާލާށޭ ބުނި އަޑު އެހި މީހަކަށް މި މަންޒަރު ފެނިގެން ކައިރިއަށް އަތުވެއްޖެއެވެ.
"ބަލަ ތިޔަ އައީ ކާނާއާ ބެހޭ ވަޒީރު މަރާލާފައިތަ-?؟" އެ މީހާ އަހައިލިއެވެ.
އޭނާ އަނަގަޔަކުން ނުބުންޏެވެ. ހަމަ އިސް ޖަހައިލައިގެން ހުރީއެވެ.
"ކިހިނެއްވީ-؟? ކަލޭ ދިޔައީ ވަރަށް ފުއްޕާފައި- އެނބުރި އައީ ހިކި މިރުހަކަށް ވެގެން- އަނެއްކާ ކިހިނެއްވީ-?؟ ކާނާއާ ބެހޭ ވަޒީރު މަރާލީތަ-?؟" އެ މީހާ ހީނލިއެވެ.
އޭނާ ވަރަށް ދެރަ ވެފައި ޖަވާބު ދިނެވެ. "ވަޒީރުގެ ގޭ ދޮށުގައިވެސް ކިޔޫއެއް އެބައޮތް-"
(ނިމުނީ)