އަދުގެ ޚާއްސަ

Print

ހަނދާންވަނީއެވެ.

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އިސްމާޢީލްޢަލީ ރ.ކަނދޮޅުދޫ


ކަލާ ވަކިވެ ދިޔައީ ހުރިހާ އެއްޗެއް ހިފައިގެންނެވެ.
މިހާރު ނިދާ ހިތެއްނުވެއެވެ.ނިދި ލޮލާއި ރުޅިބުނެފިއެވެ.
މިހާރު ކާހިތެއްނުވެއެވެ.ބަނޑު އެކަމާއި އެއްބަހެއްނުވިއެވެ.
މިހާރު ރީތި ހެދުން ލާހިތެއްނުވެއެވެ.ބަލާނެ މީހަކު ނެތީމައެވެ.
މިހާރު ކުރާ ހިތްވާ އެއްކަމެއް އެބައޮތެވެ.
ކަލާ ހަނދާން ކުރުމެވެ.
ސިޓީތައް ނިއުޅަ ނިއުޅާފައި ކިޔުމެވެ.
މެސެޖްތައް ހުޅުވައިގެން ބެލުމެވެ.
ފޮޓޯއަލްބަމް ނަގައިގެން ބެލުމެވެ.
ލޯބީގެ ހަދިޔާތައް ނަގައިގެން ސާފުކުރުމެވެ.
ކަލާގެ ރީތިކަމާއި އަސަރުގަދަ ކަމުގެ ވާހަކަ ލިޔުމެވެ.
ކަލާއަށް ފޮނުވާނެ ހަދިޔާތައް ހޯދުމެވެ.
ކަލާގެ ވާހަކަ ދައްކާނެ މީހަކު ވޭތޯ ހިގުމެވެ.
ކަލާ އަންނާނެ ދުވަހަކަށް އިންތިޒާރު ކުރުމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ