އަދުގެ ޚާއްސަ

Print

އެންމެންގެ ޒިންމާއެއް!

ޝާޢިއުކުރީ އިއްޒާ އަހުމަދު ނިޒާރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

ތިމާވެއްޓަށް ނަޒަރު ހިންގާ، ޖެހޭ އެކަމާ ފިކުރުކޮށްލަން

       ތިމާވެސް ހަމަ އުޅެންޖެހެނީ، ވެށީގާކަން ޖެހޭ ދަންނަން

ގަލާ ވެއްޔާ ނެގީ އެކުގާ، ބިނާކުރުމަށް ޢިމާރަތްތައް

        ގަލާ ވެއްޔާ ފަޅުން ނުނަގާ، އިތުރު ގޮތްތައް ޖެހޭ ހޯދަން

 

މުލާއެކު ގަސްކަނޑާ ހެދުމީ، މުޅިން ކޮށްގެން ނުވާކަންތައް

       މުލާއި އެކީ ނަގާ ގަހަކަށް، ގަހެއް ވާނޭ އަލުން އިންދަން

ވެލާ ކަނހަބާ މިޔަރު ބޮޑުމަސް، މަދުން ފެނިދާ މިބާވަތްތައް

      ފިލާ ކަނޑުފަރު ތަކުން ނުދަނީސް، ހިފުންވެއްޖޭ މުޅިން ހުއްޓަން

 އަރާހާ ދުންތަކާ އެކުގާ، ދަނީ ވިހަ ގޭސްތަކޭ ޖައްވަށް

      އަރާ ދިޔުމުން ފަށަލަ ތުނިވީ، މިއާމެދުގާ ޖެހޭ ވިސްނަން

އުކާ ކުނިބުނި ރަބަރު ކޮތަޅާ، ހުރޭ އެތަކެއް އަހަރު އެގޮތަށް

       އުކާނުމެލާ ރަގަޅު ގޮތުގާ، ޖެހޭ މިތަކެތި މުޅިން ނައްތަން

ހިނގާ ފަރުދުން ނުކުމެ އެކުގާ، ލުޔެއް ދިނުމަށް ތިމާވެއްޓަށް

      ހިނގާ ޒިންމާ ކަމަށްދެކެފާ، އެކަންކަން ފަސްނުޖެހި ކޮށްލަން

  އިލާހީ ހަޟްރަތުން ދެއްވާ، މިހާ ގިނަ ގުނަވި ނިޢްމަތްތައް

           ހަލާކު ވެގެން މިއަދު ދާތީ، ޖެހޭނޭ މާދަމާ ރޮއިލަން

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ