އަދުގެ ޚާއްސަ

Print

ހެޔޮހިތުން

ޝާޢިއުކުރީ ޝަކީލާ ޙާމިދު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ

ވިސްނަމާހޭ  މިއަދު ޤައުމުގެ  ޙާލަތާމެދު  ހެޔޮހިތުން
      އިސްޖަހައިގެން ނުތިބެ މިކަމަށް  ޙައްލު ހޯދަން  ހެޔޮހިތުން

ކޮންމެ ފަރުދަކުވެސް މިކަމުގައި އިސްނަގައި އަތުކުރި އޮޅައި
      އެންމެ  އިސްކަމަކީ  މިއީ ކަމުގައި އަދައިގެން    ހެޔޮހިތުން

މަސްތުވާ ތަކެތިން ސަލާމަތްތެެރިވުމަށް  ހިތްވަރު ދެމުން
       މުސްލިމުން   ކަމުގައިވެ ތިބެ ވިސްނައިދެމާހޭ   ހެޔޮހިތުން

އާންމުވާ ޓެކުމާއި ފޭރުން ޤައުމުގައި އެކިގޮތް ގޮތުން
        ހާމަކޮށް އަންގާށެ ހުރިހާ ރައްޔިތުންނަށް        ހެޔޮހިތުން

ވައްކަމާ މުދަލަށް  ޚިޔާނާތްތެރި  ވުމާއެކު  ލޫޓުވުން
        މައްދިވެހި   މުސްލިމު   ދަރިންނޭ ހުއްޓުވާށޭ   ހެޔޮހިތުން

ކަޓަރު އެޅުމާ ކަނޑިހެރުން ބޮންގޮއްވުމާ ގިނަގުނަ ޖުރުމް
        ގަޓަރި  ޖެހިގެން  ދާދިއުން ހުއްޓަން  ހިނގާށޭ   ހެޔޮހިތުން

މަގުމަތީ   ލާހޫރުމާ  ބޭކާރުގޮތުގައި  ދިރިއުޅުން
       ހަގު ދޮށީ   އެންމެންގެ  ކިބައިން    ހުއްޓަމާހޭ  ހެޔޮހިތުން

ލޯބިވާ ދަރިފުޅުވިޔަސް  ކުށްވެރި   ވެފައިވާނަމަ ސަފުން
       ލާބަޔާ       މަންފާގެ މަގު އަންގާލަދޭށޭ      ހެޔޮހިތުން
 
ކުށްކުރީމާ   އަދަބުދޭށޭ   ރިޝްވަތުގެ    ފޭރާންނުލާ
       ކުށްބަލާ   އެކަމުގެ  ޙުކުމް ތަންފީޒު  ކުރުވަން   ހެޔޮހިތުން

ޤަތުލުތައް  ގިނަ ހުއްޓުވާ  މުޖުތަމަޢު  މިކަމުން  މިންޖުކޮށް
       ބަޠަލުނަށް   ޤައުމުގެ   ވަމާހޭ   ހިތްމަތާއެކު   ހެޔޮހިތުން

މާދަމާ  ޖީލުގެ   ޒުވާނުންނަށް ވުމަށް ތިބި   ތިޔަ ކުދިން
        މާދަމާޔަށް    ވިސްނުމާއެކު    ހޭއަރާށޭ       ހެޔޮހިތުން

ހަރުދަނާ ގަދަ ބިންގަލެއް އިސްލާމުދީނުގެ އެޅުވުމީ  
       ހަރުދަނާ    ދިވެހިންގެ  ވާޖިބަކަށް  ހަދާށޭ      ހެޔޮހިތުން

ޤައުމުގައި  މަސްއޫލު  ޒިންމާތައްނަގާ    އެންމެންއެކީ
       ޤައުމު   މިކަމުން  މިންޖުކުރުމަށް  ގަދަ  އަޅާށޭ   ހެޔޮހިތުން

އިލްތިޖާއެކެ  މީކުރާ އަހަރެން   މިޤައުމުގެ   ލާބަޔަށް
       މިލްކު     ކުރެވޭތޯ   އަމާންކަން  އަތުގުޅާށޭ    ހެޔޮހިތުން

އިދާރާ

އެނގޭތަ؟

ވާހަކަ