އަދުގެ ޚާއްސަ

Print

މުސްލިމް ސައިންސް ދާނުން - 09

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


أَبُو طَيِّبُ سَنَدُبْنِ عَلِي

224/864
އަޙްމަދު ފަހުމީ

ތަޢާރުފު

أَبُو طَيِّبُ سَنَدُبْنِ عَلِي އަކީ، ތިން ޢިލްމަކަށް މޮޅު ބޭކަލެކެވެ. އޭނާ އަކީ، ކުޅަދާނަ މެތެމެޓިޝަން އެކެވެ. މޮޅު ސިވިލް އިންޖިނިއަރެކެވެ. އަދި މަޢުދަން ތަކާ ބެހޭ ޢިލްމުގެ މާހިރެއް ވެސް މެ އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު

أَبُو طَيِّبُ سَنَدُبْنِ عَلِيދުނިޔޭގެ އަލިކަން ދެކެވަޑއިގެންފައި ވަނީ، ޢިރާޤުގެ ބަޣުދާދުގަ އެވެ. ތަޢުލީމު ޙާޞިލު ކުރެއްވީ ވެސް ބަޣުދާދުގަ އެވެ. ބަޣުދާދުގެ ޢިލްމީ މާޙައުލުގައި ކުރިއަރައިގެން ދިޔަ އެންމެމޮޅު 4 މީހުންގެ ތެރެއިން أَبُو طَيِّبُ سَنَدُبْنِ عَلِي އަކީ އެއް ބޭފުޅެކެވެ. އޭނާ އަކީ، މުރުއްވަތްތެރި، ޙިލްމުވެރި، ކުޅަދާނަ، އެކުވެރިކަން ދެމެހެއްޓުމުގެ ޖަޒުބާތު ހުރި މާތް މީހެކެވެ.


ޢިލްމީ ޚިދުމަތްތައް


أَبُو طَيِّبُ سَنَدُبْنِ عَلِي ގެ ޒަމާނަކީ، ޚަލީފާ މުތަވައްކިލުގެ ޒަމާނެވެ. މުތަވައްކިލަކީ، ދަނޑުވެރިކަމަށް އިސްކަން ދެއްވި ބޭފުޅެކެވެ. އެހެންކަމުން ކޯރެއް ކޮންނެވުމުގެ ޚިޔާލުފުޅު ފާޅުކުރައްވައި ބަޔަކުމީހުންނާ އެ ކަން ކުރުމަށް ޙަވާލު ކުރެއްވެވި އެވެ. ކޯރު ކޮނުމުގެ މަސައްކަތް ނިމުމަކާ ހަމައަށް އައިއިރު މަސައްކަތުގައި ކުށެއް ހުރިކަން ފާހަގަ ކުރެވުނެވެ. މިކަމާ ޚަލީފާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވި އެވެ. އަދި ވިދާޅުވި ކަމަށް ބުނެވެ އެވެ.  " ޗެކްކޮށް ބަލާއިރު ކުށެއް ހުރިކަމުގައި ޘާބިތު ވެއްޖެނަމަ އެ ކަމުގައި ބައިވެރިވި އިންޖިނޭރުން ކޯރުގެ އައްސޭރީގައި ދަންޖެއްސޭނެ އެވެ. "  

ތަޙްޤީޤު ކުރުމުގެ މަސައްކަތް ޙަވާލު ކުރެވުނީ أَبُو طَيِّبُ سَنَدُبْنِ عَلِي އާ އެވެ. މައްސަލައިގެ ނާޒުކުކަން ދެކެވަޑައިގެން އޭނާ ސާރވޭ ކުރެއްވުމަށްފަހު ކުށެއް ނެތްކަމުގެ ނަތީޖާއެއް ނެރުއްވައި އިންޖިނޭރުންގެ ފުރާނަ ސަލާމަތް ކޮށްދެއްވި އެވެ.

أَبُو طَيِّبُ سَنَدُبْنِ عَلِي އަކީ، މަޢުދަންގެ ވެސް މާހިރެކެވެ. އޭނާ ވަރަށް ގިނަ އަގުހުރި ހިލްއާ ބެހޭގޮތުން ތަޙްޤީޤު ކުރެއްވި އެވެ. އަދި އެތަކެތީގެ ޞައްޙަ ބަރުދަން ހޯދާނެ ގޮތް ހޯއްދެވިއެވެ. އޭނާ މަޢުދަނުގެ كَثَافَةُ اْلأِضَافِي- specific gravity ހޯއްދެވި އެވެ. މި ޢިލްމުގެ ސަބަބުން އަސްލު އެއްޗެއްސާ ނަޤްލީ އެއްޗެތި ދެނެގަނެވޭނެ އެވެ. މީނާގެ މި ތިއަރީގެ ސަބަބުން މަޢުދަން އުފެއްދުމުގެ މަސައްކަތަށް ވަރަށް ބޮޑު އިންޤިލާބެއް އައެވެ. އޮބަޒަވޭޝަން ޓަވަރުގެ ސާމާނު ތައްޔާރު ކުރުމުގައި ވެސް މީނާ އަކީ ކުޅަދާނަ މާހިރެކެވެ. މީނާ އަކީ بَيْتُ الْحِكْمَة ގެ މެމްބަރެކެވެ. އަދި އެ ޒަމާނުގައި ތިއްބެވި އެންމެ ބޮޑެތި 4 ސައެންޓިސްޓުންގެ ތެރޭގައި މީނާ ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އަވަހާރަވީ 864މ ގަ އެވެ.

عَلِي بْنِ عِيْسَي أَسْطُرْلاَبِي

224/864

ތަޢާރުފު

ޢަލީ ބިން ޢީސާ އަކީ، ފަލަކީ ޢިލްމުވެރިއެކެވެ. އަދި ކުޅަދާނަ މެކޭނިކެއް ވެސް މެ އެވެ. އިރުހަނދާއި ތަރިތަކުގެ މެދުގައި ހުރި ދުރުމިން  ހޯދާނެ ގޮތް މީނާ އީޖާދު ކުރެއްވި އެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިއްޔަތު


ޢަލީ ބިން ޢީސާ އަކީ، ކުޅަދާނަ ފަންނުވެރި އެކެވެ. ބަޣުދާދުގެ ޢިލްމީ ވެށިން މީނާ ފުރިހަމަ ފައިދާ ޙާޞިލު ކުރެއްވި އެވެ. أَسْطُرْلاَبُ އުފެއްދެވުމުގައި މީނާ އަކީ ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އެހެންކަމުން މީނާގެ ނަމުގެ ފަހަތަށް أَسْطُرْلاَبِي މިލަފުޒު އައިސްފައި ވެ އެވެ. މީނާގެ ދިރި އުޅުއްވުމަކީ. މަޑުމައިތިރި  ޢިލްމީ ދިރި އުޅުއްވުމެކެވެ.


ޢިލްމީ ޚިދުމަތްތައް


ޢަލީ ބިން ޢީސާ އަކީ، ޖިއޮމެޓްރީއަށް ވަރަށް މޮޅު ބޭފުޅެކެވެ. އޭނާ އަކީ، ފަލަކީ ތަޙްޤީޤުތަކަށް ވެސް މޮޅު ބޭފުޅެކެވެ. އޭނާ ތަޖުރިބާއާ އޮބަޒަވޭޝަނަށްފަހު ތަރިތަކުގެ މެދުގައި ދުރުމިން ހުރިވަރާއި ބިމާއި ތަރިތަކާ ދެމެދު ހުރި ދުރުމިން ހޯއްދެވުމުގެ މަސައްކަތް ފެށްޓެވި އެވެ. އެހެންކަމުން އެ ކަމާ ވިސްނާ ފިކުރު ކުރެއްވުމަށްފަހު ސެކުސްޓެންޓު އީޖާދު ކުރެއްވި އެވެ. ސެކުސް ޓެންޓު ގެ ޒަރީޢާއިން ކިތަންމެ ކުޑަ މިންވަރެއް ވެސް ދެނެގަނެވޭނެ އެވެ. މި ޒަމާނުގައި ސެކުސްޓެންޓުގެ ބަދަލުގއި ބޭނުން ކުރެވެނީ، venire scale އެވެ. Venire scale ތައްޔާރު ކުރީ sextant ތައްޔާރު ކުރިތާ އެތައް ސަތޭކަ އަހަރެއް ފަހުން، ފަރަންސޭސި އިންޖިނޭރެކެވެ. މި ތައްޔާރު ކުރެވިފައިވަނީ 16 ވަނަ ޤަރުނުގަ އެވެ.



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ