އަދުގެ ޚާއްސަ

ޢަބްދުލްޣަފޫރު ޢަބްދުއްރަހީމު ގ.މަންޒިލް

 

ސިލްސިލާގެ ކުރު ތައާރުފެއް

'ކީރިތި ޤުރުޢާނު ފަހުމްކޮށްގަތުމަށް މަގެއް' މިސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މިސިލްސިލާއަށް ދެވިފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ މަސައްކަތްކުރުމެވެ. ކީރިތި ޤުރްއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށްޓަކައި އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ ބެލުމެވެ. 


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަލްއުސްތާޛު އަޙުމަދު މާޖިދު

ތިންވަނަ ބާބު – ކްރިސްޓިއަން  ކަނޑީގެ ފުރަތަމަ ދައުރު

ކްރިސްޓިއަން ދީނުގެ ތާރީޚުގައި ތޯމަސް އަކީނާސް އަކީ، އިސްލާމީ ޢިލްމުތަކުގެ ތާރީޚުގައި އިމާމް އައްޝާފިޢީ ރަޙިމަހުﷲ އަށް ދެވިގެންވާ ދަރަޖަ، ނުވަތަ އެއަށްވުރެ ވެސް މަތީ ދަރަޖައެއް ދެވިފައި ވާ ބޭފުޅެކެވެ. އޭނާ ދުނިޔޭގައި އުޅުއްވީ މީލާދީން 1225 ވަނަ އަހަރުން ފެށިގެން 1274 ވަނަ އަހަރާ ހަމަޔަށެވެ. އަކީނާސްގެ "ސަންމާ ތިއޮލޮޖީކާ" އެވެ ކިޔުނު ފޮތާއި "ސަންމާ ކޮންޓްރާ ޖެންޓައިލްސް" އެވެ ކިޔުނު ފޮތަކީ ކްރިސްޓިއަން ދީނުގައި ބައިބަލަށް ފަހު ދެން އެންމެ މުހިއްމު ފޮތްތަކުގެ ތެރެއިން ދެ ފޮތެވެ.

ޙަސަން ޒަހީން

މިފަހަރު މުޅިން އެހެން ވާހަކައެކެވެ. ދުވަސްވަރާ މާބޮޑު ގުޅުމެއް ނެތިދާނެ އެވެ. އެހެންނަމަވެސް ވިސްނައިވަޑައިގަތުން ރަނގަޅު ވާނެ އެވެ. އަޅުގަނޑުމެންގެ ކުދިން ކިޔެވުމަށް މޮޅެއް ނޫން ހެއްޔެވެ؟ މީގެ އަހަރުތަކެއް ކުރިން ގަދަ 10 އަކުން ޖާގަލިބޭ ކުދީން ނިސްބަތުން ވަރަށް މަދެވެ. އެހެންނަމަވެސް މިއަދު އެއީ އެތައްް ސަތޭކަކުދިންނެއް ޖާގަ ހޯދާ މަޤާމެކެވެ. މިއިން ދައްކައިދެނީ ތަޢުލީމީ ގޮތުން އަޅުގަނޑުމެންގެ ކުދިން "މޮޅުވަމުން" އަންނަ ކަމެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ހިތްވާގޮތެވެ. މި ނަތީޖާ ފެންނަ އެހެން ސަބަބެއް ނެތެކޭ އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.

 

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް

(18 ޖުލައި 2020 ގައި ޝާއިޢުކުރެވުނު ހިސާބާ ގުޅޭ)

އަލްފާތިހާ ސޫރަތުގެ މައްޗަށް ބަލައިލުން 3

އަލްފާތިޙާ ސޫރަތުން މިހާތަނަށް ބަލައިލެވުނީ އެ ސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ މައްޗަށެވެ. އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. އިސްވެ ދިޔަ ހަލަގާތަކުގައި ނަންގަނެވި ދިޔަ ފަދައިން، މި ފަސް އާޔަތުގައި ބަޔާންކުރެވިފައި ވަނީ މާތްﷲއަށް ޙަމްދުކޮށް، އެކަލާނގެއަށް ހައްގު އަދަބާއި އިހުތިރާމު އަދާކުރުމުގެ ވާހަކައެވެ. އެއަށްފަހު، އެކަލާނގެއާއި މުއުމިނާއާ އޮންނަ ގުޅުމުގެ ވާހަކައެވެ. ދެން، ތިރީގައި، އަލްފާތިޙާ ސޫރަތުގެ ދެވަނަ ބައިގައި ހިމެނޭ މިދެއާޔަތުގެ މައްޗަށް، – ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގެ މައްޗަށް – ބަލައިލާން ގަސްދުކުރަމެވެ.

Print

ސިޙުރުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސިޙުރު ޖެހުމުގެ ކުރިން އެއިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެ ކަންތައްތަކަކީ:


1. މާތް ﷲ އަށް ވަކީލުކުރުން: އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފި މީހެއްގެ މައްޗަށް އެކަލާނގެ ޢިނާޔަތްތެރިކަމާއި ރައްކާތެރިކަން ލައްވާނެއެވެ. (وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ) (އައްޠަލާޤު: 3) މާނައީ، "އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ."


2. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިއުން. އެ ޒިކުރުތަކަކީ:

o އިޚުލާޞް، ފަލަޤި، ނާސް ތިން ސޫރަތް: ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުގައި ވާރިދުވެފައިވަނީ، މިއިން ކޮންމެ ސޫރަތެއް، ހެނދުނު ތިންފަހަރު، ހަވީރު ތިންފަހަރު ކިޔެވުމަށެވެ.

o ސިޙުރު ބާޠިލުކުރާ ޒިކުރު ކިއުން: އެ ޒިކުރަކީ، أَعُوذُ بِكَلِمات اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ މިއެވެ. ދަތުރުވެރިޔަކު، މަންޒިލަކަށް ފޭބުމަށްފަހު، މި ޒިކުރު ކިޔައިފިނަމަ، އޭނާ އެތަނުން ފުރައްޖައުމަށް ދާންދެން، އޭނާއަށް ގެއްލުމެއް ނުލިބޭނެ ކަމަށް ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ޞައްޙަ ސުންނަތުން ސާބިތުވެފައި ވެއެވެ.

o ހެނދުނުގެ ދުޢާ ކިއުން: ހެނދުނުގެ ދުޢާއަކީ، أَصْـبَحْنا وَأَصْـبَحَ المُـلْكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذا اليوم وَخَـيرَ ما بَعْـدَه ، وَأَعـوذُ بِكَ مِنْ شَـرِّ هـذا اليوم وَشَرِّ ما بَعْـدَه، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر މިއެވެ. މިނޫން ދުޢާތައް ވެސް ވެއެވެ.

o ހަވީރުގެ ދުޢާ ކިއުން: ހަވީރުގެ ދުޢާއަކީ، أَمْسَيْـنا وَأَمْسـى المـلكُ لله وَالحَمدُ لله ، لا إلهَ إلاّ اللّهُ وَحدَهُ لا شَريكَ لهُ، لهُ المُـلكُ ولهُ الحَمْـد، وهُوَ على كلّ شَيءٍ قدير ، رَبِّ أسْـأَلُـكَ خَـيرَ ما في هـذهِ اللَّـيْلَةِ وَخَـيرَ ما بَعْـدَهـا ، وَأَعـوذُ بِكَ مِنْ شَـرِّ هـذهِ اللَّـيْلةِ وَشَرِّ ما بَعْـدَهـا ، رَبِّ أَعـوذُبِكَ مِنَ الْكَسَـلِ وَسـوءِ الْكِـبَر ، رَبِّ أَعـوذُبِكَ مِنْ عَـذابٍ في النّـارِ وَعَـذابٍ في القَـبْر  މިއެވެ. މިނޫން ދުޢާތައް ވެސް ވެއެވެ.


3. ގޭގައި، ބަޤަރާ ސޫރަތް ކިޔެވުން: ބަޤަރާ ސޫރަތް ކިޔަވާ ގެއަކާ ޖިންނި ޝައިޠާނުން ގާތްނުވާނެ ކަމަށް ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައި ވެއެވެ. އަދި އެގޭގައި ދިރިއުޅޭ ބަޔަކަށް ސިޙުރުހެދުމުގެ ކުޅަދާނަކަން، ސިޙުރުވެރިންނަށް ލިބިގެން ނުވާކަމަށް ވެސް އެ ޙަދީޘްފުޅުގައި ވެއެވެ.


4. ފާޚާނާއަށް ވަންނައިރު ކިޔާ ދުޢާ ކިއުން: ފާޚާނާއަށް ވަންނައިރު ކިޔާނީ، بِسْمِ الله  اللّهُـمَّ إِنِّـي أَعـوذُ بِـكَ مِـنَ الْخُـبْثِ وَالْخَبائِث މިފަދައިންނެވެ. (ފާޚާނާއަށް ވަންނަން ދާއިރު، ފެންނަ ހިސާބުގައި މި ދުޢާ ލިޔެފައި ބެހެއްޓުމަކީ، މި ދުޢާ ކިއުމަށް ބާރުއެޅުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.)


5. ނިދުމުގެ ކުރިން އާޔަތުލްކުރުސިއްޔު ކިޔެވުން: މިކަންކުރުމަކީ، ޝައިޠާނުންގެ ކިބައިންނާއި ގެއްލުންދެނިވި ކޮންމެ ކަމަކުން ސަލާމަތްވާނެ ކަމެއް ކަމަށް، ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވެއެވެ.


6. ދުވާލާއި ރޭގަނޑުގައި އާޔަތުލްކުރުސިއްޔު ކިޔެވުން.


7. لا إلهَ إلاّ اللّهُ وحدَهُ لا شريكَ لهُ، لهُ المُـلْكُ ولهُ الحَمْد، وهوَ على كلّ شَيءٍ قَدير މި ތަސްބީޙަ، ކޮންމެ ދުވަހަކު ސަތޭކަފަހަރު ކިޔެވުންމަތީ ދެމިހުރުން. ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުން އެނގޭ ގޮތުގައި، މި ކަން ކޮށްފި މީހަކަށް ކޮންމެ ދުވަހަކު، ދިހަ އަޅުން މިނިވަން ކުރުމުގެ ދަރުމަ ދެއްވާނެއެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިއުއްވައި އޭނާގެ ކިބައިން ސަތޭކަ ފާފަ ނެތިކުރައްވާނެއެވެ. އަދި އެ ދުވަހުގެ ދުވާލުގައި ޝައިޠާނުންގެ ކިބައިން އޭނާ ސަލާމަތްކުރައްވާނެއެވެ.


8. ގެއިން ނުކުންނަމުން ކިޔާ ދުޢާ ކިއުން މަތީ ދެމިހުރުން: އެ ދުޢާ އަކީ، بِسْمِ اللهِ ، تَوَكَّلْـتُ عَلى اللهِ وَلا حَوْلَ وَلا قُـوَّةَ إِلاّ بِالله މިއެވެ.


9. ޖަމާޢަތުގައި ފަތިސް ނަމާދުކުރުމަށް ރައްކާތެރިވުން: ކޮންމެ ދުވަހަކު، ޖަމާޢަތުގައި ފަތިސް ނަމާދު ކޮށްފި މީހާ ވާނީ، މާތް ﷲ ގެ ރިޢާޔަތްތެރިކަމުގައި ކަމަށް، ކީރިތި ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވާފައި ވެއެވެ. މާތް ﷲ ގެ ޚާއްޞަ ރިޢާޔަތްތެރިކަމުގެ ދަށުގައިވާ މީހަކާ، ޝައިޠާނުންނަށް ކާރިއެއް ނުވެވޭނެއެވެ. އަދި ސިޙުރުވެރިން ހަދާ ސިޙުރެއް ވެސް ނުޖެހޭނެއެވެ.


10. ކޮންމެ ދުވަހަކު ހެނދުނު ހަތް އޮށް ކަދުރު ކެއުން: މޮޅުއިތުރުކަން ބޮޑީ މަދީނާގެ ކަދުރު ކެއުމެވެ. މަދީނާގެ ކަދުރު ނުލިބިއްޖެނަމަ، އެފަދަ އެހެން ކަދުރަކުން ފުއްދާލާނީއެވެ. މިކަމަށް އިރުޝާދުދެއްވާފައިވާ ޙަދީޘްފުޅުގައި، މަދީނާގެ ކަދުރު ފާހަގަކުރައްވާފައިވަނީ، އެހެން ރަށްރަށުގެ ކަދުރަށްވުރެ، މަދީނާގެ ކަދުރު މޮޅުކަމުން ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.



ނޯޓް: މިއީ، އައްޞާރިމް ވެބްސައިޓުން ތަރުޖަމާކޮށްފައިވާ ލިއުމެކެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ