އަދުގެ ޚާއްސަ

Print

ތާނައިގެ ތިކިޖެހި އަކުރު

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްމުޢީދު ޙަސަން

ތާނައިގެ ތިކި ޖެހި އަކުރަކީ، ވަކި ތާނައެއް ނޫނެވެ. އެއީ ހަމަ ތާނައިގެ ތެރޭގައި ހިމެނޭ އަކުރުތަކެކެވެ. ތިރީގައިވާ ތާވަލުގައި އެވަނީ، ތާނައިގެ ތިކިޖެހި އަކުރުތަކެވެ. ތިކިޖެހި އަކުރުތައް، ތާނައިގައި ބޭނުންކުރަނީ، ހަމައެކަނި ޢަރަބި ލަފުޒުތައް ލިއުމަށްޓަކައެއް ނޫނެވެ. އެނޫން ބަސްތަކުގައި ހިމެނޭ އަޑުތައް ޙާޞިލުކުރުމަށްޓަކައި ވެސް ތާނައިގެ އަކުރުތަކުގައި ތިކި ޖެހެއެވެ.

ޢަރަބި އަކުރުތިކި ޖެހި އަކުރުމިސާލު
ثޘއަޘަރު،
حޙޙަސަން، ޙުސައިން.
خޚޚާލިދު، ޚަބަރު، ޚައިރާތު، ޚިޔާލު، ޚަލީލު، ޚާލިދާ، ޒަޚަމް، ޚަޒުރަޖު، ޚިތާނު، ޚިދުމަތް، ޚަބަރުދާރު،
ذޛޛިކުރު، އަލްއުސްތާޛު،
شޝޝަރީފު، ޝައުޤު، ޝުހުރަތު،
صޞޞަމަދު، ނަޞީބު،
ضޟޟާމިރު، ޥުޟޫ، ޟަމީރު، ޙަޟުރަތަށް، އަލްފާޟިލު، އަލްފާޟިލާ،
طޠޠާހިރު،
ظޡމުޡާހަރާ،
عޢޢަމަލު، ޝާއިޢު، މަޢާފު، އިޢުލާން،
غޣޣާފިލު،
قޤޤައުމު،
وޥޥުޟޫ،
-ޜޓެލެވިޜަން،

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ