އަދުގެ ޚާއްސަ

Print

ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ...

ޝާޢިއުކުރީ ޙުސައިން ޞަލާޙުއްދީން . ހިމެނޭބަޔަކީ އިޖުތިމާޢީ



      ފަސާދަ ކުޅައުމަށް ބުނާ ތެދަށްވުރެ، ޞުލްޙަކުޅައުމަށް ހަދާ


    ދޮގުވެސް ރަނގަޅެވެ.



ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީން


އެއްދުވަހަކު ރަސްކަލަކުގެ ދަރުބާރަށް ޙާޟިރު ކުރެވުނު ބޮޑު ކުށްވެރިޔަކު ޤަތުލު ކުޅައުމުގެ އަމުރުފުޅު އެ ރަސްގެފާނުން ނެރުއްވައިފި އެވެ.

މި ކަން އެނގިގެން ކުށްވެރި ކަލޭގެ ދިރިހުރުމުން އެދުން ކެނޑިގެން ދިޔަ ވަގުތުގައި ރަސްގެފާނަށް ވަރަށް ނުބައި ބަސްތަކެއް ގޮވައިގެންފި އެވެ. މީނާގެ ބަހެއް ރަސްގެފާނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

ވިދާޅުވެޖެޔޭ. އޭނާ އެ ކިޔަނީ ކީކޭހެއްޔެވެ.  އެ ތާނގައި ހުރި ވަޒީރަކު ދަންނަވައިފިޔޭ  އޭނާ އެ ކިޔަނީ ރުޅިމަޑު ކުޅައުމާއި ޢަފޫ ކުޅައުމުގެ މައްޗަށްހުރި  އިތުރު ސަވާބުތަކުގެ ވާހަކަ އެވެ.  ރަސްގެފާނުން ވިދާޅުވެއްޖޭ. ރުޅިމަޑުކޮށް ޢަފޫކޮށްފީމޭ. އެކަލޭގެ ދޫކޮށްލާށެވެ.  މިތާނގައިމެ ހުރި އަނެއް ވަޒީރަކު ހުރެފައި ދަންނަވައިފި އެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ.  އަޅުގަނޑަކަށް މަނިކުފާނުގެ އަރިހުގައި ދޮގުހެދުމެއް ނުފެނެ އެވެ.  އެ ކަލޭގެ އެ ގޮވީ މަނިކުފާނަށް ވަރަށް ނުބައި ބަސްތަކެކެވެ. އެ ވަޒީރު ދެންނެވީ މަނިކުފާނުގެ ދަރުބާރުގައި ހުސް ދޮގެވެ. ރަސްގެފާނުން ހިތްޕުޅާ ހަމަ ނުކުރައްވާފައި ވިދާޅުވިޔޭ. އެ ވަޒީރުގެ ދޮގަށް ވުރެ ކަލޭގެ ތިޔަ ބުނި ތެދު މާ ނުބައިވެއްޖެ އެވެ.

ދެ މީހަކު ދޭތެރެ ފަސާދަ ކުޅައުމަށް ބުނާ ތެދުގެ ނުބައިކަން، ޞުލްޙަކުރުވާން ބުނާ ދޮގުގެ ނުބައިކަމަށްވުރެ މާ ބޮޑެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ