ޢަބްދުލްމުޢީދު ޙަސަން
ތިރީސްވަނަ އަރަތުގެ ޖަވާބު ދިމާކުރެއްވީ އެންމެ ބޭފުޅެކެވެ. މިއަރަތަށް ކަނޑައެޅިފައިވާ އިނާމުގެ ޙައްޤުވެރިޔަކީ
ލިޔުނީ: ދާރީ
އިންސާނާއަށް އިވޭ ހުރިހާ އަޑެއްވެސް އުފެދެނީ ކޮންމެވެސް ދެއެއްޗެއް ޖެހި އުފެދޭ ވައިބްރޭޝަންތަކަކުންނެވެ. މިގޮތުން އުފެދޭ ވައިބްރޭޝަންތައް އަޑުބާނިތަކަކަށް ބަދަލުވެ ވައިގެ ތެރޭގައި ދަތުރުކުރަމުންދެއެވެ. އަދި މިއަޑުބާނިތައް އަޑެއްގެ ގޮތުގައި ދެނެގަތުމަށް ޓަކައި އިންސާނާގެ ހަށިގަނޑުން މަރުހަބާކިޔާ ގުނަވަނަކީ ކަންފަތެވެ. މިނާޒުކު ގުނަވަން މިއަޑުބާނިތައް ދެނެގަތުމަށް ޓަކައި ޤުދުރަތުން ހަމަޖައްސާފައިވާ އުސޫލާއި ދޭތެރޭގައި އިންސާނަކު ހަމަބުއްދިން ވިސްނައިފިނަމަ އެމީހަކު ހައިރާންވެ އަންތަރީސްވެދާނެއެވެ.
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
"ކަރުކަނދު" ގެ ނަންކިޔޭ
ހަރު ތޮށިން ވާ ނަލަ މަލޭ
ކަރުގަނޑެއް ހަރު އެކުލެވޭ
ވަރުވިއެއް އަށް ފިޔަ ވެޔޭ
ތަރުވިވާ ނަން ނެތިވެ ގޮސްފި
އަރުތެރެ އިންއެ ރަހަ ގޮސްފި
__________________
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އައްޝައިޚުލްފަޤީހުލްޙާއްޖު ޢަބްދުއްރަޙުމާނުލްއަޒުހަރީ، މަޝްހޫރު ނަމުން ނަމަ، ޙާޖީ ޢަބްދުއްރަޙުމާނަކީ ވަރަށް ތަޤުވާވެރި ޒާހިދު ވަރަޢަވެރި ބޭފުޅެކެވެ. އޭނާއަކީ މިޞްރުގެ ޖާމިޢުލްއަޒުހަރުން ތަޢުލީމު ޙާޞިލުކުރައްވައި އެ ޔުނިވަރސިޓީއެއްގެ ފެކަލްޓީއެއްގެ ޑީންކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަތުލިޔުން ރީތިކަމުން ބޮޑުތަރުތީބު ޗާޕުކުރައްވާން ސަރުކާރުން ކޮޅުނބަށް ފޮނުއްވި ކާތިބެކެވެ. ތަޢުލީމަށް އޭރު ވެސް ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން، އެ މަސައްކަތް ނިމުނުން ލިބިވަޑައިގަތް ތިންސަތޭކަ ފަންސާހެއްހައި ރުފިޔާ ހިއްޕަވައިގެން އެގޮތްމިގޮތުން މިޞްރަށްވަޑައިގެން ޢާލަމީ ފާސް (މި ޒަމާނުގެ ގޮތަށް ނަމަ، މާސްޓަރސް) ޙާޞިލުކުރެއްވިއެވެ.
ޢަބްދުލްމުޢީދު ޙަސަން
ތާރީޚު: 11 މެއި 2009 މ. ގަޑި: 6:00 ޖީއެމްޓީ
މިހާރު، 31 ޤައުމެއްގައި އޫރު ރޯގާ ފެތުރިފައިވާ ކަން، ރަސްމީ ގޮތުން އެ ޤައުމުތަކުން ވަނީ އަންގާފައެވެ. އެ ޤައުމުތަކުގައި މިހާރު އޫރު ރޯގާ ޖެހިފައިވާ މީހުންގެ ޖުމްލައަކީ، 4684 އެވެ.
1. މެކްސިކޯ ގައި 1626 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން 48 މީހުން ވަނީ މަރުވެފައެވެ.
2. ޔޫއެސްއޭ ގައި 2532 މީހުނަށް އޫރު ރޯގާ ޖެހިފައިވާކަމަށް ތަޙުލީލުތަކުން ދައްކައެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފައެވެ.