އަދުގެ ޚާއްސަ


އަޙުމަދު ނާފިޢު، ބ.ދަރަވަންދޫ

ހަވީރުގެ ހިތްގައިމު ވަގުތެވެ. ކުޑަކުދިންގެ ބަގީޗާއޮތީ ފުރި ބާރުވެފައެވެ. އެކިއުމުރުގެ ތުއްތު ކުދިންގެ ހަޅޭއްލެވުމާއި ސަކަރާތުގެ އަޑުން މުޅިތަން އޮތީ ގުގުމާލާފައެވެ.  ތުއްތު ކުދިން އެކުދިންގެ މައިންބަފައިން ބެލެނިވެރިން ދައްތައިން ބޭބެއިންނާއެކު ނަލަހެދިގެން އައިސް މަޖާކޮށް ކުޅެހަދާ މަންޒަރު ބަލަން ވަރަށް ހިތްގައިމެވެ. ބައެއްފަހަރަށް ބެލެނިވެރިންވެސް އެކުދިންގެ މަޖަލުގައި ބައިވެރިވެ އުޅޭތަން ފެނެއެވެ. އެހެންނަމަވެސް މިއުފާވެރި ބަގީޗާގެ އެއްކަނެއްގައި ހުރި އަށްޓެއްގައި އިން ޖަމީލާގެ މޫނުމަތިން ފެންނަންހުރީ އުދާސްކަމާއި ނުތަނަވަސްކަމެވެ.

أَبُو الْحَسَنُ ثَابِتُ بْنِ سِنَانُ اَلْحَرَّانِي

363/974

 
އަޙްމަދު ފަހުމީ

ތަޢާރުފު

ޘާބިތު ބިން ސިނާނަކީ، ކުޅަދާނަ ބޭސްވެރިއެކެވެ. އަދި ހަމަ އެހައި ފުރިހަމަ މުންތަޡިމެއް ވެސް މެ އެވެ. އޭނާ ގާތްގަނޑަކަށް 12 ވަރަކަށް ރަސްރަސްކަލުންގެ ދަވްރު ދެކެވަޑައި ގެންފައި ވެ އެވެ. ބޭސްވެރިކަމުގެ ދާއިރާގައި އޭނާ ވަރަށް ގިނަ އިޞްލާޙުތައް ގެންނަވައިފައިވެ އެވެ.
 

މުޙަންމަދު ޖަމީލު (1994)

ބަހުރުވަޔަކީ، ކޮބައިތޯ ބަލައިލުމުގެ ބޭނުމުގައި ދާންޖެހެނީ ބަސްފޮތުގެ ފަތްފުށްތަކާ ދިމާޔަށެވެ. ރަދީފުގެ ފަތްފުށްތައް އުކައި ބަލައިލާއިރު، އެއިން ލިބޭ މާނައަކީ މިއެވެ. ވާހަކަ ދައްކައި ބަސްބުނެ އުޅުމުގެ ގޮތާއި ބާވަތެވެ.

އިހުގެ ވާހަކަ ކިޔާ މީހުންގެ ފަރާތުން އިވިފައި ހުންނަ ވާހަކަ ތަކުގައިވެސް އެ ބަސް އެ ގޮތަށް ބޭނުން ކުރެވިފައި ހުރެ އެވެ. މި ވެނި ބޭކަލަކީ، ނުވަތަ މިވެނި މަނިކުފާނަކީ، ދޫނީ ސޫފާސޫފީގެ ނުވަތަ ވަލު ޖަނަވާރުގެ ބަހުރުވަ ދަންނަ މީހެއްކަމަށް ކިޔައި އުޅެއެވެ. އެތަކެތި ވެސް އެކަތި އަނެކައްޗާ ގުޅުމުގައި މެދުވެރި ކުރާ އަޑުތަކަކާއި، ރާގުތަކެއް އޮންނަކަން ކަށަވަރެވެ. އެއީ ބަހުރުވަ އެވެ. އާދަމުގެ ދަރީންވެސް ބަސް ބުނުމުގައި ބޭނުންކުރާ ތަފާތު ބަހުރުވަތަކެއް ވެއެވެ.

ބިންމާ އިބްރާހިމް ވަހީދު

                                                 (7 އޮގަސްޓް 2011 (އާދީއްތަ) އާ ގުޅޭ..)

ނާޒިމާގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. "އަހަރެން ކަލެއަށް ފަންޑިތަ ހަދާނަން. ތި ހީކުރީ ކަލޭ އެކަނި ކަމަށްތަ މާލޭގަ ތިކަން ކުރަނީ؟" ނާޒިމާ ގޮންޖެހިއެވެ.

"ހަދާ!" ތިމާގެ ބާރާ މެދު އިސްމާއިލްފުޅަށް ލިބިފައިވަނީ ވަރަށް ބޮޑު ޔަގީންކަމެކެވެ. "ބޭނުން ވަރަކަށް ހަދާ! އެކަމަކު، އޭރުންވެސް ބޭޒާރުވާނީ ކަލޭ!"

އެހެނިހެން

Print

ޙާޖީ ޢަބްދުއްރަޙުމާނާއި ކަދުރުއައްޔަގެ ހިބަރު

ޝާޢިއުކުރީ ޢަޒީޒު ޖަމާލު . ހިމެނޭބަޔަކީ އެހެނިހެން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އައްޝައިޚުލްފަޤީހުލްޙާއްޖު ޢަބްދުއްރަޙުމާނުލްއަޒުހަރީ، މަޝްހޫރު ނަމުން ނަމަ، ޙާޖީ ޢަބްދުއްރަޙުމާނަކީ ވަރަށް ތަޤުވާވެރި ޒާހިދު ވަރަޢަވެރި ބޭފުޅެކެވެ. އޭނާއަކީ މިޞްރުގެ ޖާމިޢުލްއަޒުހަރުން ތަޢުލީމު ޙާޞިލުކުރައްވައި އެ ޔުނިވަރސިޓީއެއްގެ ފެކަލްޓީއެއްގެ ޑީންކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. އަތުލިޔުން ރީތިކަމުން ބޮޑުތަރުތީބު ޗާޕުކުރައްވާން ސަރުކާރުން ކޮޅުނބަށް ފޮނުއްވި ކާތިބެކެވެ. ތަޢުލީމަށް އޭރު ވެސް ހިތްޕުޅުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން، އެ މަސައްކަތް ނިމުނުން ލިބިވަޑައިގަތް ތިންސަތޭކަ ފަންސާހެއްހައި ރުފިޔާ ހިއްޕަވައިގެން އެގޮތްމިގޮތުން މިޞްރަށްވަޑައިގެން ޢާލަމީ ފާސް (މި ޒަމާނުގެ ގޮތަށް ނަމަ، މާސްޓަރސް) ޙާޞިލުކުރެއްވިއެވެ.

Print

އެސްވަޅުގެ ޙައްލަކީ ކޮބާ؟

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ އެހެނިހެން


އަޙުމަދު ރަޝީދު، ލ. ފޮނަދޫ
 
[އެސްވަޅު] "މިއުޅެނީ ފައިގައި އެސްވަޅެއް ޖަހައިގެން. ހާދަ ވަރަކަށޭ މި ތަދުވަނީ. މިގޭ މީހުންގެ ފައިގައި ވަރަށް ގިނައިން އެބަނަގާ. ބައެއް މީހުން ބުނޭ މިއީ ހަމުގެ ބައްޔެކޭ، ގައިން ގަޔަށް ވެސް އަރައޭ." މިއީ އަހަރެންގެ ރައްޓެއްސެއްގެ ގެއަށް ދިޔައިރު އަހަރެންގެ ރަޙްމަތްތެރިޔާ ފައިތިލައިގައި ވަޅިއަކުން ކޮށްޓަން އިންދައި ތިޔަ ކުރަނީ ކީއްހޭ އަހައިލުމުން ދިން ޖަވާބެކެވެ.
Print

ސިޙުރުން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ސިޙުރު ޖެހުމުގެ ކުރިން އެއިން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވެއެވެ. އެ ކަންތައްތަކަކީ:


1. މާތް ﷲ އަށް ވަކީލުކުރުން: އެކަލާނގެ ޙަޟުރަތަށް ވަކީލުކޮށްފި މީހެއްގެ މައްޗަށް އެކަލާނގެ ޢިނާޔަތްތެރިކަމާއި ރައްކާތެރިކަން ލައްވާނެއެވެ. (وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ) (އައްޠަލާޤު: 3) މާނައީ، "އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ."


2. ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިއުން. އެ ޒިކުރުތަކަކީ:

o އިޚުލާޞް، ފަލަޤި، ނާސް ތިން ސޫރަތް: ކީރިތި ރަސޫލާ (صلى الله عليه وسلم) ގެ ސުންނަތުގައި ވާރިދުވެފައިވަނީ، މިއިން ކޮންމެ ސޫރަތެއް، ހެނދުނު ތިންފަހަރު، ހަވީރު ތިންފަހަރު ކިޔެވުމަށެވެ.
Print

ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ އެހެނިހެން


ޢަބްދުލްމުޢީދު ޙަސަން



ހުށަހެޅުން

މި ކުޑަކުޑަ ފޮތުގައިވާނީ، ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތެވެ. ސިޙުރުގެ މާނައާއި އެއާމެދު ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ގޮތާއި އަދި މިޒަމާނުގެ ޢިލްމީ ތަޙުޤީޤުތަކުން އޮޅުން ފިލާފައިވާ ގޮތް މިފޮތުގައި ވާނެއެވެ. އޭގެ އިތުރުން، ސިޙުރުގެ ވައްތަރުތަކާއި އެއާމެދު އިހުގެ މަޝްހޫރު ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތް ވެސް ހިމަނާފައިވާނެއެވެ. ހަމައެފަދައިން، ސިޙުރުވެރިން ކުރާ ނުބައި ކަންތައްތަކާއި އެބައިމީހުން ހަދާ މަކަރާއި ޙީލަތްތަކަށް ވެސް ބަލާލާފައި ވާނެއެވެ. ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތް ދެނެވަޑައިގަތުމަށް ބޭނުންފުޅުނަމަ، މިފޮތް ވިދާޅުވުން ހުއްޓެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ