ޙަސަން ޒާހިރު (ޢަންދަލީބު)
މަލެއް ހަމަ ފޮޅިލުމާއެކުގައި، މަލަށް އާދޭ އެތައް މާބުރު
މަލެއް ވަސްނެތި މިލައިދިއުމުން، މަލަށް ނާދޭ ހިލާ މާބުރު
ކަމެއް އެދިގެން އުޅޭއިރުގައި ، ގޮވައި އެކުވެރިވެލައި ހަދަޔޭ
ނަމެއް ހަމަ ލިބި އުހަށް އެރުމުން،ފިތޭއިރުގައި ނުވެސް ދަނެޔޭ
ނާގާނަމަ ޣައިބުވެވި ހުރެގެން ވަގެއްވޭ ޚާދިމެއްކަމުގައި
ނާގާ ބިތުފަންގި ދުވަހުންނޭ، ވަނީ ޚާދިމު ވަގެއްކަމުގައި