ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
1. ދާންވީ ކޮން މަގަކުންކަން ނޭގޭ މީހަކަށް ކޮންމެ މަގެއް ވެސް ވަރިހަމަވާނެއެވެ.
2. މަންމަ މަރުވަންދެން ކޮންމެ މީހަކު ކުއްޖެއްގެ ގޮތުގައި ހުރެއެވެ. މަންމަ މަރުވެއްޖެނަމަ، ވަގުތުން އޭނާ މުސްކުޅިވެދެއެވެ.
3. ފަހަތުން އައިސް ތިބާގެ ގައިގައި ޖަހައިފިނަމަ، ތިބާ ހުރީ އެއުރެންނަށްވުރެ މާ ކުރީގައިކަން ދަންނާށެވެ!
4. ޙައްޤުގެ ބަސް ގަދަކަން ހޯދާނީ، ރިވެތިކޮށް ދައްކާ ވާހަކައިންނެވެ.