އަދުގެ ޚާއްސަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިއްޔެ ދިވެހީންނަކީ ވަރަށް  ސާދާ ދިރިއުޅުމެއް އުޅެމުން އައި އަބުރުވެރި ބަޔެކެވެ. މަސައްކަތްތެރި މުރާލި ބަޔެކެވެ. އުފެއްދުންތެރި ފުދުންތެރި ބަޔެކެވެ. ބޭރު ތަކެއްޗަށް ރޭރު ނުވެ، އޭރު ލިބުނު އެއްޗަކުން ބޭނުންތައް ފުއްދައިގެން އުޅުނު ބަޔެކެވެ. ކާބޯތަކެތީގެ ގޮތުގައި ބޭނުންކޮށް އުޅުނީ ކަނޑުފަޅުންނާއި ދަނޑުފަނގުން ލިބޭ ތަކެއްޗެވެ. ބޭނުންކޮށް އުޅުނު ސާމާނާއި އާލާތަކީ އަމިއްލަ އުފެއްދުންތެކެވެ. އޮޑިދޯނިފަހަރު ބަނުމަށާއި ގެދޮރުއެޅުމަށް ބޭނުންކުރަނީ އަދި ހިފައިގެންގުޅޭ ސާމާނު ތައްޔާރުކުރަނީ ވެސް އަމިއްލަޔަށް އަމިއްލަ ތަކެތީންނެވެ. މި ހުރިހައި ކަމަކަށް ބޭނުންވާ މައިގަނޑު ވަސީލަތް (އަޞްލު މާއްދާ) ހޯދަނީވެސް ދިވެހި މާޙައުލުންނެވެ.

ދިވެހި ކާބަފައިން އެބައި މީހުންގެ އަބުރުވެރި ދިރިއުޅުން ވޭތުކުރުމުގައި ބޭނުންވާ ސާމާނު ހޯދުމުގެ އެންމެ މުހިއްމު ވަސީލަތެއް ކަމުގައި ދިވެހި ރުއް ހިމެނިފައިވި އެވެ.


މިޚައިލް ނަޢީމާ
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


1.
ކޯރާ! ޚަރީރުގެ އަޑު ނެތީ ފެން ހިނދި ނުވާތީހޭ ހިނގުން؟
                  ނޫނީ ތިބާ އަބަހައްދަވީހެއްޔޭ އަރައި ޢަޒުމަށް ގުޑުން؟

2.
އިއްޔެގަ ތަރާނާ އިއްވަމުން ދިޔައީ ތިބާ ދަނޑުފަނގު ތެރޭ،
                  އެކިއެކި ޒަމާނުގެ ވާހަކައިން ލަވަތައް ކިޔައި ދުނިޔޭ ތެރޭ.

3.
އިއްޔެގަ ތިބާ ހިނގަމުން ދިޔައި މަގުގައި ވިހައި ހުރަހެއް މަތިން،
                  ނަމަވެސް ތިބާ، މިއަދުގަ ވަނީ، ފުން ކަށްވަޅެއްގެ ހިމޭންމަތީ.

([ފަހެ، ތިމަންރަސްކަލާނގެ ވަޢީދަށް ބިރުގަންނަ މީހަކަށް ޤުރުއާނުން ހަނދާންކޮށް ދޭހުށިކަމެވެ.])

ޢަބްދުﷲ ރަޝީދު މ.ލިނެޓް

ޚިލާފުކަމެއް  ފޮތާމެދުގައި  ނުވާ ބަސްފުޅުތަކީ  ޤުރުއާން

               ފިލާވަޅުތައް ބަލައި ވިސްނައި ހިފަންވި ފޮތޭ ވިމާތް ޤުރުއާން

ޚިލާފަތު މާތްވި އުޘްމާނީ  ނިމެންދެން  ބާރުވެރި އުންމަތް 

               މިލައި މޯޅިވި ސަބަބު ހޯދަން ހިފަންވި ފޮތޭ ވިމާތް  ޤުރުއާން

އިރާ ހުޅަނގަށް ނުފޫޒުގެ ދައު ދަމައިގެން ރޯމަނުން ތިއްބައި 

               ފިރާލައި ހޮރުހޮރަށް  ދުވެދާން  ޖެހުނު ގަދަ ބާރަކީ ޤުރުއާން


އަނީސް މަންޞޫރު

ކޮމިއުނިސްޓް ގައުމުތަކުން ނެރޭ ފޮތްތައް ކިޔުމަކީ އަޅުގަނޑު ނުހަނު ޝައުޤުވެރިކަމާއެކު ކުރާ ކަމެކެވެ. އެހެނީ އެ ފޮތްތަކުގެ ދޭހަ ފަސޭހަ އެވެ. އެންމެ ކުޑަކޮށް ތަންދޮރު ދަންނަ މީހާއަށް ވެސް އޭގައިވާ އެއްޗެއް ފަހުމްވާނެ އެވެ. ފަސޭހަ ލަފުޒުތަކުން، ނުހަނު އެދެވޭ މާނަތައް ގެނެސްދީފައިވާތީ އެވެ. އެއާމެދު ވިސްނާ ފިކުރުކޮށް ހަދަމެވެ. ކޮމިއުނިސްޓް ގައުމުތަކުގެ މުފައްކިރުންނަކީ ދޭހަކޮށްދިނުމުގެ ފަންނުގައި ފުންނާބު އުސް ބަޔެއްކަން
Print

ބާ ޔަށް ގޮސް ރާ ބޯން އިން އިރު...!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)


އުސްތުނބަށް ހުރި ރާތަށި ފުވާދުގެ އަތަށް ފޯރުކޮށްލެވުނެވެ. ހަލުއި ޙަރަކާތަކާއެކު، އޭނާ އެތަށީގައި ހިފީ ބޮވައިގެންފައި އިންލެއް ބޮޑުކަމުން، އެކަންޏެއް ނޫނެވެ. ބެންކޮކުގެ ވައިގެ ބަނދަރާ ބެހޭ ޚަބަރުތައް އޭނާގެ ސިކުނޑިޔަށް ކުރާ އުނދަގުލުގެ ސަބަބުންވެސް މެއެވެ. އޭނާގެ ފިކުރުތައް ގުޅިފައިވަނީ އެ ވައިގެ ބަނދަރާއެވެ. އެތާނގައި ނުފުރި ބަންދުވެފައި އޭނާގެ ތިން ދަރީން އެބަތިއްބެވެ. ޙަލާލު އަނބި މީހާ، ޝަރުމީލާ ވެސް އެބަ އިނެވެ. ޝަރުމީލާ ބައްޕަގެ ބޭހަށްޓަކައި ޝަރުމީލާ ގޮވައިގެން، އިންޑިޔާއަށް ކުރަންޖެހޭ ދަތުރުވެސް ކުރެވެން އޮތީ، މި ކަމުން މިނިވަން ވެގެންނެވެ. މި ފަދަ އެތައް ކަމަކާހުރެ، އެޚަބަރު ލިބުނީއްސުރެ އޭނާގެ އަރުތެރެއަށް އަދި ކާހިތުން ކާއެއްޗެއް، ބޯހިތުން ބޯއެއްޗެއް އެތެރެ ކުރެވިފައެއް ނުވެއެވެ. އެކުން ބޮޑަށް ހާސްވާގޮތްވީ އެތަން ޙިޞާރު ކޮށްގެން ތިބި މީހުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން އުޅޭކަމުގެ ޚަބަރު ލިބުމުންނެވެ. އެހެންނަމަވެސް....

Print

މަޖުބޫރު ލޯބި (13)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ފައުޒިއްޔާގެ ފޯނުގެ ވަގުތު ކައިރިވަމުން އައިވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަޖައިބެއްފަދަ ކަމެކެވެ...... ފޯނު ރަނގަބީލު ވެއްޖެއެވެ.

ރިސީވަރު އުފުލުމާއެކު އޭނާގެ ހިތް ތުރުތުރު އަޅައިގަތެވެ.

އެކަމަކު މިއީ ފައުޒިއްޔާގެ ފޯނެއް ނޫނެވެ. ވަހަކަ ދައްކަނީ ތާބުޝްއެވެ.

[މައްސަލަ ނިމިއްޖެ ހެއްޔެވެ؟ ޚަބަރު ކިހިނެއް ހެއްޔެވެ؟]
Print

ތަމްރީނަށް ބޭނުންވާ ކަންތައްތައް ދެނެގަތުން - 03

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


19 ޖުލައި (އާދީއްތަ)އާ ގުޅޭ....

ތަމްރީނު ޕްރޮގްރާމަކަށް، ބޭނުންވާ ކަންތައްތައް ބަލައިހޯދާނެ ގޮތް


ބިންމާ އިބްރާހީމް ވަޙީދު


ތަމްރީނު ޕްރޮގްރާމަކަށް ބޭނުންވާނެ ކަންތައްތައް ބަލާހޯދުމަކީ، ކަނޑައެޅިފައިވާ ވަކި އުސޫލެއެއްގެ މަތިން، ހިއުމަން ރިސޯސް ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ރޭވުމެވެ. މި އުކުޅު ބޭނުންކޮށްގެން، އޮގަނައިޒޭޝަނެއްގެ މުސްތަޤުބަލަށް އޭގެ އަސަރު ކުރާނެ، ތަފާތު އެތަކެއް ސަބަބުތަކެއް ދެނެގަނެވޭނެ އެވެ. މި ބޭނުންކުރެވޭނީ، އޮގަނައިޒޭޝަނުން ހާސިލު ކުރަން ބޭނުން ލަނޑުދަނޑިތަކާއި، ހާސިލުވަމުން އަންނަ ލަނޑުދަނޑިތަކުގެ ތަފާތު ދިރާސާ ކުރުމަށެވެ. އޮޅުމެއް ނެތް ގޮތުގައި، އޮގަނައިޒޭޝަން އަކީ، ވަކިވަކި ފަރުދުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ޓީމެކެވެ. އެހެންކަމުން، އޮގަނައިޒޭޝަނެއްގެ ޕާރފޯމަންސްގެ ވާހަކަ ދައްކާއިރު، މީގެ މާނަ އަކީ، އެ އޮގަނައިޒޭޝަނެއްގައި ޚަރަކާތްތެރިވާ ވަކިވަކި ހުރިހާ ފަރުދުންގެ ޕާރފޯމަންސް އެވެ. ތަނަށް އަސްލު ބޭނުންވާ ގޮތާއި، ކަންހިނގަމުން އަންނަ ގޮތުގެ ތަފާތު ރަނގަޅަށް ދަނެގަނެވުމުން، އެ ތަފާތު ކުޑަ ކުރާނެ ތަމްރީނު ޕްރޮގްރާމެއް ހިންގާނެ ގޮތުގެ ތަސައްވުރެއް އޮންނާނީ ލިބިފަ އެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ