އިސްމާޢީލް މުބާރަކް
1) 1960 ގެ އަހަރުތަކުއްސުރެ ޖިންނި ޝައިޠާނުން (ނުވަތަ ހުޅަނގުގެ މީހުން ބޭނުން ކުރާ ބަހުން ނަމަ " އޭލިއަން") ގެ ޓެކްނޮލޮޖީ އެވެރިން އަތުން ލިބިގަނެގެން އޭގެ ބޭނުން ކޮށްގެން އެމީހުންނާ އެއްސަފެއްގައި އިންސާނުންގެ ޓެކްނޮލޮޖީ ތަރައްގީކުރުމުގެ މަސައްކަތް އެމެރިކާގައި ކުރެވެމުން ދެއެވެ. އަދި ޖިންނި ޝައިޠާނުންނާ މުޢާމަލާތު ކުރަމުން ގެންދެއެވެ. މި ލިންކުން މިކަމާ ބެހޭ އިތުރު ބައެއް ޚަބަރު ސާފުވެ ވަޑައިގަންނަވާނެއެވެ.
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މަރްޙޫމު
މީސްތަކުން އޭނާގެ ކުށްތައް ހަނދާން ނައްތާލާނެ ނަސީބުވެރިޔެކެވެ.
ކަށްވަޅު
މިހާތަނަށް އެއްވެސް މީހަކަށް ނުކުމެވިފައި ނުވާ އަނދަވަޅެކެވެ.
އެކުވެރިޔާ
ފައިދާއެއް ނެތް މީހެއް ކަމުގައި ވާއިރު ވެސް ހިތްހަމަޖެހުން ލިއްބައިދޭ މީހެކެވެ.
ތަޖުރިބާ
ދުލަށް އަންނަހައި ބަސްތަކެއް ބޭރުކޮށްނުލާ ހިފެހެއްޓުމަށް ދަސްކޮށްދޭ ފަންނެކެވެ.
ހެޔޮލަފާ ވެއްޓެއް
ކުޑަކުދިންނަށް ރަނގަޅު ތަރުބިޔަތެއް ދިނުމަށްޓަކައި ރަނގަޅު އެކުވެރީން ބޭނުންވެއެވެ. ހެޔޮލަފާ މާޙައުލެއްގެ މުހިންމުކަން ބޮޑެވެ. الإمام غزالى رحمه اللّه ވިދާޅުވެފައިވެއެވެ. ކުޑަކުދީން ނުބައިކަންތައްތަކާއި ހުތުރު އެއްޗެހި ގޮވުމާއި، އާޑަފުރައްސާރަޔާ ދުރުގައި ގެންގުޅުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. (އިޙްޔާއު ޢުލުމުއްދީން)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
"ޓެކްސީ ވެރިންނަށް ފެއްސާއި ރަތެއް ވަކިކުރަން ނޭންގޭ" މި ސުރުޚީގެ ދަށުގައި 2017 ޑިސެންބަރު 17 ވަނަ ދުވަހު 12 ޖަހާ އެހާކަންހާ އިރު، ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިޢުކުރި ރިޕޯޓެއް ކިޔައިލުމުން އަޅުގަނޑު ހިތަށް ވެރިވީ މުޅިން އެހެން ޝުޢޫރެކެވެ.
އެ ރިޕޯޓް ކިޔައިލުމުން ލިޔުންތެރިޔާ ހާމަކުރައްވާން މަސައްކަތްކުރެއްވި ޚިޔާލު އަޅުގަނޑަށް ރޭކައިލި އެވެ. ނަމަވެސް މުޅި ލިޔުމުން ދޭހަވަނީ އެހެން މާނައެކެވެ.