އަޙްމަދު ރަޝީދު އެސްޖެހިގެ ލ. ފޮނަދޫ
"ދުވަސްވަރަކީ 1990 ގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ރަމަޟާން މަސް ކައިރިވެގެން އައިއިރު އަހަރެން ހުރީ މާލޭގައެވެ. އަހަރެން ކިޔަވަން ހުންނަގެއަކީ ފަސްބުރިއަށް ނަގާފައިހުންނަ ގެއެކެވެ. ގޭގެ އެންމެ މަތީގައި ޓެރަހެއް އޮވެއެވެ. ޓެރަހުގެ ވަށައިގެން ރީތި ބަގީޗާ ގަސްތައް ހައްދާފައި ހުއްޓެވެ. އެދުވަހު އަހަރަމެން އުޅުނީ ޓެރަސްމަތި ރީތިކޮށް ކެއުމެއް ތައްޔާރު ކުރުމަށެވެ. އެދުވަހަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. އާދެ، މާހެފުން ދުވަހެވެ.