ޝާކިރު
ދިވެހި ރުކަކީ ދިވެހިންގެ ގައުމީ ގަހެވެ. ދިވެހިންގެ ދިރިއުޅުމުގައި ކޮންމެކަމަކާ ގުޅިފައިވާ ގަހެވެ. ސަރުކާރުގެ ފަރާތުން ދިވެހި ރުކަކީ ދިވެހިންގެ ގައުމީ ގަސްކަމުގައި ރަސްމީ ކޮށް ހަމަ ޖެއްސެވީ އަޅުގަނޑުމެންގެ ހަނދާނުގައެވެ. އެހެންނަމަވެސް، އޭގެ މާކުރިންވެސް ދިވެހިރުކަކީ ދިވެހިންގެ ގަހެވެ. ދިވެހިންގެ ދިރިއުޅުމާއި ހުރިހާގޮތަކުން ގުޅި ލާމެހިފައިވާ ގަހެވެ.
ދިވެހިރުކަކީ ދިވެހިންގެ ގައުމީ ގަސްކަމުގައިވެ ދިވެހިންގެ ދިރިއުޅުމާއި ދިވެހިރުކާ ލާމެހި ގުޅިފައިވާ ގުޅުމުގެ މައްޗަށް ފަޚުރުވެރިވަމުން އަންނައިރު ދިވެހިރުއް ފުރަތަމަ ފެނުނު ތަނަކާމެދު ތަފާތުތަކެއް އެބަހުއްޓެވެ. ގިނަ ފަރާތްތަކަކުން ބުނަނީ ދިވެހިރުކުގެ ނެޓިވް ހިސާބަކީ ސައުތު އޭޝިއާ ކަމުގައެވެ. އަނެއްބަޔަކު ބުނަނީ ދިވެހިރުކުގެ އޮރިޖިންއަކީ ސައުތު އެމެރިކާ ކަމުގައެވެ. ފޮސުލް ރެކޯޑްތަކުން ދައްކާގޮތުގައި 15 މިލިޔަން އަހަރުކުރީގައި ދިވެހިރުއް ކަހަލަ ކުޑަރުކެއް ނިވް ޒީލެންޑްގައި ހެދިފައިވާކަމަށްބުނެއެވެ. އަނެއްބަޔަކު ބުނަނީ އެއަށްވުރެ ދުވަސްވީ ފޮސުލް އިންޑިއާގެ ރާޖިސްތާނާއި ޓެމިލް ނާޑޫ އަދި ކެރެއްލާއިން ފެނިފައިވާ ކަމަށެވެ. އަދި އެމީހުން ބުނަނީ ކެރެލާ ގެ މާނައަކީ "ލޭންޑް އޮފް ކޮކޮނަޓް" ކަމުގައެވެ.