އިބްރާހީމް ނަޢީމު
ސަތޭކައަށްވުރެ ގިނަ އަޑު ދިވެހިންނަށް [ލައްވާން] އެނގެއެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެންގެ ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. ތަފާތު އެތައް ގޮތަކުން ބަލާއިރުވެސް މެއެވެ. ޚާއްޞަކޮށް އަޑުގެ ގޮތުން ބަލާއިރު މިކަން ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. ދުނިޔޭގެ އެހެން ބަސްބަހުން އެ ބަސްބަހުގެ އަހުލުވެރީން ވާހަކަދައްކާ އަޑު އިވޭ އިރު، އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ އެ މީހެއްގެ އަމިއްލަ މާދަރީ ބަސް ނޫން ބަހެއްގެ ލަފުޒުތައް ކިޔަން އުޅޭ އިރު، އެ ބަހެއްގެ އަހުލުވެރީން، ބަސް ކިޔާ އަޑުން އެ މަޚްރަޖުން ނުކިއިގެން އުޅޭ ކަމެވެ.
(2) ޒާހިދު ޤާޟީ: ޒައިދު ބިން ޘާބިތު
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅާއިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޔަތްކޮށް ޢަދްލު ޢިންޞާފު ޤާއިމުކުރަން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެ މީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތިން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
މާތްﷲ ރުއްސުންލެއްވި ޒައިދު ބިން ޘާބިތަކީ ޤާޟީކަމާއި ކީރިތި ޤުރްއާން ޖަމާކުރުމުގެ މަސައްކަތް ކުރެއްވި ޞަޙާބީއެކެވެ. އެކަލޭގެފާނަކީ ވަރަޢުވެރި ޒާހިދު ޢާލިމެކެވެ.
ދިވެހިރާއްޖޭގައި ބިން މިލްކުރެވޭ ގޮތްތައް
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މައުޟޫޢަށް ތަން ހޯދުން:
ބިމޭ ބުނެވޭ ބަހުގެ މާނަ ވަރަށް ގިނަ ގޮތްގޮތަށް ކުރެވިދާނެއެވެ. ބައެއް ބަސްފޮތްތަކުގައިވާ ގޮތުން "ބިން" މި ލަފުޒުން ކުރެވޭ އެއް މާނައަކީ ދުނިޔެއޭ މި ކިޔާ ބޯޅައިގެ އެންމެ ބޭރު ފަށަލައިގައި ހިމެނޭ ކަނޑު ނުހިމެނޭ ހުރިހާ ބައިތަކެވެ. އަނެއް މާނައަކީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ބިމުގެ އެކި ސަރަޙައްދެވެ. މިސާލަކަށް ދަނޑުވެރިކަން ކުރުމަށާއި ޢިމާރާތްކުރުމަށް ބޭނުންކުރެވެނީ ބިމެވެ.(1)
ކޮރޯނާ ޖާއިހާއާ ބެހޭ މަހާސިންތާގެ ބައެއް ނިންމުންތައް
އިބްރާހީމް ރަޝީދު މޫސާ
ކުވައިތު ޔުނިވަރސިޓީގެ (އައްޝަރީޢާ ވައް ދިރާސަތުލްއިސްލާމިއްޔާ) މަޖައްލާއިން މި ޝައްވާލު މަހުގެ 6 ން 7 ށް (29- 30 މޭ ގައި) ކޮރޯނާ ޖާއިހާއާ ބެހޭގޮތުން އިފްތިރާޟީ މަހާސިންތާއެއް ބާއްވައިފިއެވެ. މި މަހާސިންތާއަށް ޢިލްމީ 26 ކަރުދާހެއް ހުށައެޅުނެވެ. މި ކަރުދާސްތަކަށް މާކުސް ދެއްވުމުގައި 56 ނިޔާވެރިން ބައިވެރިވެ ވަޑައިގަތެވެ.
ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (6)
މުޙަންމަދު ޝާހިދު ޙަލީމު
(07 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
މ- އާދަމް ޒާހިރު (1964-)
އާދަމް ޒާހިރަށް ތަމްސީލުގެ ތެރެއަށް ވެދެވަޑައިގެންނެވުނީ 1982 ހައި ހިސާބުގައި ކޮޕީ މުޙަންމަދު ރަޝީދު ޑައިރެކްޓުކުރެއްވި ތަމްސީލަކުންނެވެ.
އާދަމް ޒާހިރު އެންމެ ފުރަތަމަ ލިއުއްވި ތަމްސީލެއް ކަމަށް ފާހަގަކުރެވެނީ "ތިން ދޮގެ"ވެ. އެއީ 1986ގައެވެ. ނަމަވެސް އެ ތަމްސީލަކީ އުރުދޫ ބަހުން ކުރެއްވި ތަރުޖަމާއެކެވެ. އާދަމް ޒާހިރު އަމިއްލަ ޚިޔާލަށް ފުރަތަމަ ލިއުއްވި ކަމަށް ފާހަގަކުރެވޭ ދެ ތަމްސީލަކީ 1987 ގައި ލިއުއްވި "ހަމްދަރްދީ"އާއި "ނުދަންނަ ފަރާތެ"ވެ. މި ދެ ތަމްސީލު މިހައިތަނަށް އިސްޓޭޖެއްގައެއް ކުޅެފައެއް ނެތެވެ.
(1) އިސްލާމީ ދައުލަތުގެ ފުރަތަމަ ޤާޟީ: މުޢާޛު ބިން ޖަބަލު
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި، މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅައިދާ މީހުންގެ ޗާބޫކުތަކުން އެމީހުން ޙިމާޔަތްކޮށް، ޢަދްލު ޢިންޞާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވިއެވެ. އިސްލާމްދީނުގެ އުޞޫލުތަކުން މީސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެމީހުންގެ އަތްމަތީން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
މި ބޭކަލުންގެ ތެރޭގައި ފާހަގަކޮށްލަން ޖެހޭ އެންމެ ފުރަތަމަ ޤާޟީއަކީ (ފަނޑިޔާރަކީ) މާތް ﷲ ރުއްސުން ލެއްވި މުޢާޛު ބިން ޖަބަލެވެ.
އައިބައިލިފިލީގެ ހަމަތައް ދަސްކޮށްލިއްޔާ ވާނީ އަޅެ ކީއްހެއްޔެވެ؟
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިބަހުގެ ހަމަތަކާ ބެހޭ ގޮތުން އަޅުގަނޑަށް އެކި ނޫސް މަޖައްލާގައި ވަރަށް ގިނައިން ލިޔެވިއްޖެއެވެ. މި ގޮތަށް ލިޔެވިފައިވާ ލިޔުންތަކުގައި އަޅުގަނޑަށް އެންމެ ގިނައިން ލިޔެވޭ އެންމެ ޢާއްމު މައުޟޫޢަކީ އައިބައިފިއްޔެވެ. އެކަމަކު މިއީ ބަހުގެ ގަވާއިދާބެހޭ ގޮތުން ލިޔުއްވާ އަދި އެ ކަމަށް ސަމާލުކަން ދެއްވާ ބޭފުޅުންނަށް މުހިއްމު މައުޟޫޢަކަށް ނުވެވެސްދާނެއެވެ. ދިވެހިބަސް ކިޔަވައިދެއްވާ އެކި ކޯސްތަކުގައި ވެސް މިއީ ގިނަ ފަހަރަށް މާ މުހިއްމު މައުޟޫޢެއް ވެސް ނޫނެވެ.
بسملة ކިޔުމުގެ ޙުކުމް (4)
އިބްރާހީމް ރަޝީދު މޫސާ
(10 ޖޫން 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
އިސްވެދިޔަ ވާހަކަތަކުން އެނގޭގޮތުގައި ޝާފިޢީ މަޛްހަބުގައި މައުމޫމުންނަށް ވެސް ޤުރްއާން ކިޔެވުން ވާޖިބުވެގެން ވެއެވެ. ޙަނަފީ މަޛްހަބުގައި މައުމޫމުންނަށް ޤުރްއާން ކިޔެވުމަކީ މަނާކަމެކެވެ. މާލިކީ މަޛްހަބުގައި ޤުރްއާން ކިޔެވުން ސުންނަތްވެގެން ވަނީ ހަމައެކަނި ސިއްރިއްޔަ ނަމާދުތަކުގައެވެ. ޙަންބަލީ މަޛްހަބުގައި އިމާމުގެ ކިޔެވުމުގެ އަޑު ނީވޭނަމަ ޤުރްއާން ކިޔެވުން ސުންނަތްވެގެން ވެއެވެ.
މުދައްރިސެއްގެ ދުލުން
އަންވަރު އިބްރާހީމް
ދެވޭ މާބޮނޑިތަކުން އިއްޒަތް ވަހާއެކު އުފުލިދޭ ހެއްޔޭ؟
ރޮވޭ މި ހިތުގެ ޝިކާޔަތު އަޑު އަހާ މީހަކު އުޅޭ ހެއްޔޭ؟
އަތަށް މި ލިބޭ ޝުކުރު ކާޑުގެ އަކުރުތައް ނަލަ ކޮޕީކުރުމުން
ހިތަށް ޅަ ދަރީންގެ ވަދެގެން ގޮސް، ހަގީގީ ލޯބިވޭ ހެއްޔޭ؟
އުޅާ އަދި ޗާލު ފައްޓަރުބައި ނުލާހިކު ރީތި މޭކަޕުގައި
އަޅާ ނަލަ ހެދުމަކުން ފަށުވިން ގަދަރު މަތިވެރި ވެދޭ ހެއްޔޭ؟
بسملة ކިޔުމުގެ ޙުކުމް (3)
އިބްރާހީމް ރަޝީދު މޫސާ
(09 ޖޫން 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
2- ނަމާދުގައި ބިސްމި ކިޔުން
ބިސްމިކިޔުމުގެ މަސްއަލައިގައި ޢިލްމުވެރިންގެ ދެރައުޔެއް ވެއެވެ.
ހ- سورة الفاتحة ކިޔަވާއިރު ބިސްމި ކިޔުމަކީ ލާޒިމުކަމެކެވެ. ބިސްމި ނުކިޔައިފިނަމަ سورة الفاتحة ކިޔެވި ކަމަކަށް ނުބެލޭނެއެވެ.(14) މިއީ ޝާފިޢީ މަޛްހަބެވެ. އަދި އެއީ އަޙްމަދުގެ ރައުޔުތަކުގެ ތެރެއިން ރައުޔެކެވެ.
ށ- ބިސްމި ކިޔުމަކީ ލާޒިމުކަމެއް ނޫނެވެ. ބިސްމި ނުކިޔަސް ނަމާދު ޞައްޙަވާނެއެވެ. މިއީ ޙަނަފީ މަޛްހަބެވެ.
މައްސަރާއި ވަގުތުތައް ދެނެގަތުމުގެ ކަށަވަރު ޢިލްމަކީ ފަލަކީ ޙިސާބެއް ނޫންތަ؟
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
މީގެ ސާދަ ސައްތަ އަހަރު ކުރިން ބާވައިލެއްވި ކީރިތި ޤުރުއާނަކީ، އޭގެ ކުރިމަތިން ވެސް އަދި ފަހަތުންވެސް އެއްވެސް ބާޠިލްކަމެއް ނާންނާނެ ފޮތެކެވެ. ކަނޑައެޅިގެންހުރި، ކާފިރަކު މެނުވީ އެއާމެދު އިންކާރެއް ނުކުރާނެއެވެ.
ފަލަކީ ކަންކަން ޙިސާބެއްގެ މަތީގައި ލައްވާފައިވާކަން ކީރިތި ޤުރުއާނުގެ އެތައް އާތަތެއްގައި މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ބަޔާން ކުރައްވާފައިވެއެވެ. ކީރިތި ޤުރުއާނުގައި އެކަން އަންގަވާފައި އޮތުމަކުން، އޭގެ ފަދައެއް ނޭނގޭނެއެވެ. އެކަމަށްޓަކައި އޮތީ ޙިސާބު ޢިލްމުގެ ބާވަތްތަކުން ފަލަކީ ޙިސާބުގެ ކިތަންމެ ކުޑަ މިންވަރެއް ވިޔަސް ޙާޞިލްކުރުމެވެ.
އޭގެ އިތުރަށް ވެސް
އަންވަރު އިބްރާހީމް
މަތިން ބައިން ޖެހި ހުވާކޮށްފައި މަތިން ބާލައި ދިނޭ ތަރި ވެސް
ދެތިން ދުވަހުން ހިތާ ރޫހާ ދެވުނު އަދި އޭގެ އިތުރަށް ވެސް
ވަފާތެރި އުޅުމުގައި ދީންވެރި ވެފައި ހުއްޓަސް އިހަށް ކުށްވެރި
އުފާތައް ލައިދިނޭ މަތިވެރި, ދުނިޔެ އަދި އޭގެ އިތުރަށް ވެސް
ބަދަލުވާ ދާހެދުން ފަދައިން ގަދަރު ކެނޑި ލޯބި ނެތި ހިނދިގެން
ބަދަލުވެއްޖޭ ޙަޔާތް ބެހިގެން އޮޔާލައި އޭގެ އިތުރަށް ވެސް
بسملة ކިޔުމުގެ ޙުކުމް (2)
އިބްރާހީމް ރަޝީދު މޫސާ
(8 ޖޫން 2020 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
ދެ ސޫރަތް ދެމެދުގައި ބިސްމި ކިޔުން
އައްތައުބާ ސޫރަތްނޫން ކޮންމެ ސޫރަތެއް ފަށާއިރު ބިސްމި ކިޔުމުގެ ޙުކްމަކީ ކޮބައި ހެއްޔެވެ؟
1- މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. [އަހުރެމެން ފުރަތަމަ ލިޔެއުޅުނީ باسمك اللهم އެވެ. ފަހެ މާތް ﷲ ހޫދު ސޫރަތުގެ 41ވަނަ އާޔަތް [بِسْمِ ٱللَّـهِ مَجْر۪ىٰهَا وَمُرْسَىٰهَآ] ބާވައިލެއްވުމުން (بسم الله ) ލިޔުނީމުއެވެ. ފަހެ މާތްﷲ އަލްއިސްރާއު ސޫރަތުގެ 110 ވަނަ އާޔަތް [قُلِ ٱدْعُوا۟ ٱللَّـهَ أَوِ ٱدْعُوا۟ ٱلرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا۟ فَلَهُ ٱلْأَسْمَآءُ ٱلْحُسْنَىٰ] ބާވައިލެއްވުމުން (بسم الله الرحمن)ލިޔުނީމެވެ. އެއަށްފަހު އައްނަމްލު ސޫރަތުގެ 30 ވަނަ އާޔަތް [إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّـهِ ٱلرَّحْمَـٰنِ ٱلرَّحِيمِ ] ބާވައިލެއްވުމުން (بسم الله الرحمن الرحيم) ލިޔުނީމެވެ.]
އަހަރެން ފިކުރާވި އިސްލާމް ދީން(3)
ޢަބްދުالله ފާރޫޤު ޙަސަން
(31 މެއި 2020 ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެހެންކަމުން محمدّ صلى الله عليه وسلم ގެ ޒާތުފުޅަކީ އިންސާނިއްޔަތުގެ ކުރިމަތީގައިވާ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާކަމީ އެއްވެސް ބަޙުޘެއް އޮތްކަމެއް ނޫނެވެ. ޝައްކަކަށް ވަސްވާހަކަށް ތަންދޭކަމެއް ނޫނެވެ.
އުޖޫރަޔަށް ބަކަރި ހުއިހެއްޕެވި ޝަހެންޝާހު
އިސްލާމްދީނުގެ ނަބިއްޔާ محمدّ صلى الله عليه وسلم ގެ ޙަޔާތްޕުޅަކީ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާއެވެ. އެ މާތް ނަބިއްޔާ ތުއްޕުޅު އިރުއްސުރެ އާޚިރަތުގެ ގޮވައްޗަށް ދަތުރުކުރެއްވުމާ ހަމަޔަށްވެސްމެއެވެ. ނަމަވެސް އެހެނިހެން ދީނީ ލީޑަރުންނާއި ޤައުމީ ޒަޢީމުންގެ ޙަޔާތްޕުޅުތަކަށް ނަޒަރު ހިންގާއިރު އޭގެތެރެއިން ވަރަށްގިނަ ބޭފުޅުންތަކެއްގެ ޒުވާން އުމުރުފުޅު ފެންނަނީ ނުހަނު ކުށްމަގުތަކެއްގައި ވަރަށް ސިޔާސަކޮށް ހިންގަވައި އުޅުއްވައިފައިވާތީއެވެ.
بسملة ކިޔުމުގެ ޙުކުމް (1)
އިބްރާހީމް ރަޝީދު މޫސާ
البسملة ނުވަތަ (بسم الله الرحمن الرحيم) އަކީ ކީރިތި ޤުރްއާނުގެ ތަޅުދަނޑިއެވެ. އައްލައުޙުލްމަޙްފޫޡުގައި ޤަލަމުން ފުރަތަމަ ލިޔެވުނު ކަލިމައަކީ بسملة(1)އެވެ. ނުވަތަ ބިސްމިއެވެ. ޖިބްރީލުގެފާނު ވަޙީގެ ފުރަތަމަ ބަސްފުޅައިގެން ލޮބުވެތި ނަބިއްޔާ ﷺ ގެ އަރިހަށް ވަޑައިގެން ކުރެއްވި އަމުރުފުޅުގައި ވަނީ: اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ އެވެ. މާނައަކީ: ﷲގެ ނަންފުޅުން ކިޔަވާ ވިދާޅުވަން ފަށްޓަވާށެވެ! އަޅުގަނޑުމެންނަށް ނިސްބަތް ކުރާނަމަ އެ ބަސްފުޅުގެ މުރާދަކީ އިބަރަސްކަލާނގެ އިސްމުފުޅުން ބަރަކާތް ޙާޞިލުކޮށްގެން މި އަޅާ ކިޔަވަން ފަށަމެވެ.
ކޮން މީހެއް؟ (20)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
(07 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
[އެންމެ ރަނގަޅު!] ނީނާ ޖަވާބު ދިނެވެ. [އެކަމަކު މަންމަ ވާނެ ނޫންތޯ އަޅުގަނޑާއެކު މާވަށަށް ދުރުވާން]
[މަންމަ ގޮސްފާނަން ދަރިފުޅާއެކު. އެކަމަކު އެހާ ގިނަ ދުވަހަކު ނުއެއް ހުރެވޭނެނު ބައްޕަ އެކަނި ބަހައްޓައިފައެއް. ކޮއްކޮމެން އަދި ކިޔަވައި ނުއެއް ނިމޭ. އެ މީހުންޗުއްޓީއަށް އަންނާނެ މި މަހު. އިދްރީސްބެގެ މީހުން ދަރިފުޅަށް އެހީވާނެ.]
[މަންމާ! މީހެއްގެ އެހީއެއް ބޭނުމެއް ނުވާނެ. ރިސޯޓުގައި ނީނާ ހުންނާނީ! އެކަމަކު އަޅުގަނޑާއެކު ދުރުވެލައްވާންވާނެ. މަންމަ ފޫހިވެލެއްވީމާ ދުރުވާން އޮންނާނެ ނޫންތޯ؟]
މިނިވަންކަމޭ ކިޔޭތޯ؟
އަންވަރު އިބްރާހީމް
އިންސާފު ކަރުނަ އަޅަމުން ގައުމުގެ ދެ ލޯ ރުއީމާ
ފުން ވޭނުގައި މި ވޭންތައް ވަޒަނުގެ ހިތުން އެޅީމާ
އަނިޔާގެ ތޫނު ވަކިތައް ގަދަފަދަވެ ބާރު ފެނިފައި
މި ނިޔާ ޢަދުލުގެ ވަޒަނުން މަގުމަތިވެގެން ދިޔައިމާ
އަޑު ރައްޔިތުންގެ ކެނޑިގެން ފަނޑުކޮށްލިހިނދު ނިޒާމުން
ކަނޑުގައި ހިނގާ އުސޫލުން ދުސްތޫރު ބަދަލުވީމާ
(ކޮން މީހެއް؟ (19)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
(06 ޖޫން 2020 ގައި ޝާއިޢުކުރި ބައާ ގުޅޭ)
ކޮޓަރިއަށް ވަންއިރު، ނީނާ އޮތީ ނިދައިފައެވެ. ގޮވައިގޮވައި ހެޔެއް ނުލިއެވެ. އިދްރީސްތައްޚާނު ބަލައިފައި ބުނެފިއެވެ. [މިމަންޖެ މިއޮތީ ހޭނެތިފައި.]
އެންމެން އަޑުން އަޑުނަގައި ލޯން ފަށައިފިއެވެ. ނީނާގެ މަންމަ ނީނާގެ ގައިގައި އޮޅުލައިގަތެވެ.
[ރޯނެކަމެއް ނެތް އެކަކު ވެސް.] އިދްރީސްވެ އިރުޝާދު ދިނެވެ. [ރުއިމަކުން ކުރާނެ ފައިދާއެއް ނޯންނާނެ! ފެންތައްޓެއް ގެނެސްދީބަލަ!]
އިތުރު މަޒުމޫން...
- ދިވެހި އަދަބުގައި ތަމްސީލު (1945 - 2003މ.) (5)
- އެ އަވައިގައި ޖެހުމުން
- (ކޮން މީހެއް؟ (18)
- [ތިމާވެށި] އުފެއްދެވީ ކޮން ބޭފުޅެއް؟
- ތިމާވެށި ރޮމުން ގިސްލަމުންނޭ ދަނީ...
- (ކޮން މީހެއް؟ (17)
- އިސްލާމީ ދުނިޔެ ... ގޮންޖެހުންތަކުގެ ޗާޓު
- ކޮވިޑް19ގެ މި ޙާލަތުގައި ވެސް ކަންކަން ހޯދައި ބަލައި ދިރާސާކުރުމީ އޮތްކަމެކެވެ.
- (ކޮން މީހެއް؟ (16)
- ފަލަކީ ހިސާބުން ހަނދު ސާބިތުކުރުމާ ދެކޮޅަށް އިސްލާމީ އުންމަތް އިޖްމާޢުވިތަ؟
- ކޮރޯނާގެ ކާރިސާ ނިމުމުން ބާކީ އޮންނާނީ ކޮން އެއްޗެއް؟
- (ކޮން މީހެއް؟ (15)
- ނ. އަތޮޅު މަދަރުސާގައި "ނާޒިރު ތުއްތުބޭ" ގެ ޚިދުމަތް
- ކޭތަ ނަމާދު ކުރާން ނުޖެހޭ ކޭތައެއް ހިފައިފާނެތަ؟
- (ކޮން މީހެއް؟ (14)
- ސުން ބިސީގެ ބަވަނައިގައި ފައިދާވެރީންނާއި ގެއްލުންތެރީން
- ޖޫން 2020 ގައި ހިފާ "ފަނޑު ހިޔަނި" ހަނދު ކޭތަ
- (ކޮން މީހެއް؟ (13)