ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާކިރު
01- އިމްތިޙާނު ދުވަސް.
މުޅިއަހަރު ދުވަހު ކުޅިވަރުގައި ހޭދަކުރި ދަރިވަރަކު އެއަހަރުގެ ފައިނަލް ޓެސްޓް ޕޭޕަރ ގައި އިށީނދެ ސުވާލުތަކަށް ބަލަން އިނެވެ. ހުރިހާ ސުވާލެއްކީއިރުވެސް ޖަވާބު ދޭންއެނގުނު އެންމެ ސުވާލެއްވެސް ދިމައެއް ނުވިއެވެ. އެންމެފަހުން ކަރުދާސް ގަނޑުގައި ޅެންބައިތެއް ލިޔުނެވެ.
ޚަޒާނޭކީ ކުންޖީ ތެރޭ ހާތުހޭ (ޚަޒާނާގެ ތަޅުދަނޑިވަނީ ސަރ ގެ އަތްޕުޅުގައެވެ).
އަގަރު ޕާސް ކަރުދޭތޯ ކިޔާ ބާތުހޭ (ފާސްކޮށްދެއްވިއްޔާ ވާނީ ކީއްތޯއެވެ).
ޓީޗަރު ޕޭޕަރތައް މާކުރަމުން ގޮސް މި ޕޭޕަރ ފެނުމުން އޭގެ ތިރީގައި ލިޔުއްވިއެވެ.
ކިތާބޯންކެ ގަޓްރީ ތެރޭ ސާތު ތީ (ފޮތުގެ ބަންޑެލިތައްވަނީ ކަލޭގެ އަތުގައެވެ).
އަގަރު ޔާދު ކަރުތާ ތޯ ކިޔާ ބާތު ތީ (ހަނދާން ކުރިނަމަ އަޅެވާނީ ކީއްހޭ).
ޢަބްދުއްދާއިމް އަލްކަޙީލް
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
އެމެރިކާގެ ސައިންޓިސްޓުން ކުރެއްވި ފަހުގެ ދިރާސާއަކުން، ނަމާދުކުރުމުގެ މުހިންމުކަން ހާމަވެފައި ވެ އެވެ. މާތްވެގެންވާ އިސްލާމްދީނުގައި ފަރުޟުކުރައްވާފައިވާ، ފަރުޟު ފަސް ނަމާދު ކުރުމަކީ، މައިބަދައާއި ހުޅުތަކުގެ ރިހުން ކުޑަކުރުމަށް އޮތް މޮޅު ފަރުވާއެއްކަން އެ ދިރާސާއިން އެނގިފައި ވެ އެވެ. އާދޭހެވެ. ނަމާދުގައި ހިމެނޭ ޤިޔާމާއި ރުކޫޢާއި ސަޖިދައިން، މައިބަދައާއި ހުޅުތަކަށް ލިބޭ ފައިދާ ވަރަށް ވެސް ބޮޑެވެ.
މަޑަވެލީ ޢަލީ ނަޞީރު
ޖުޒާމްބައްޔަކީ، ސަލާމްލެއްވި ނޫޙުގެފާނުގެ ޒަމާނުގައިވެސް ފާހަގަކުރެވިފައިވާ ބައްޔެއްކަމަށް ބުނެވެ އެވެ. އަދި އޭގެ ފަހުން ބަނީއިސްރާއީލުންގެ ދުވަސްވަރުގައިވެސް އެބަލި ވަނީ ފާހަގަކުރެވިފަ އެވެ. އެ ބަލީގެ ފަރުވާ އީޖާދުކުރެވުނު ތާރީޚާ ހަމަޔަށްވެސް، ބަލިޖެހޭ މީހުންނާއިމެދު ޢަމަލުކުރެވެނީ، ވަރަށްވެސް ތަފާތު ގޮތަކަށެވެ. އެގޮތުން ބަލިޖެހޭ މީހުން ލާންޖެހެނީ، ވަކިވައްތަރެގެ ހެދުމެވެ. އަދި ފައްޓާއެއްވެސް އަޅަން ޖެހެ އެވެ.