މުޙައްމަދު ލަޠީފް ށ،މިލަންދޫ
އެއީ އެތަނުގެ ހިޔާވަހިކަން ދިވެހި ޤައުމަށް ލިބޭތަނެކޭ
އެއީ އެތަނުގެ ފުރާޅު ދަށުން ޢުލޫމުގެ މާ ފޮޅޭތަނެކޭ.
ޒަމާނުގެ އޮއިވަރާއެކުގައި ޖަހާއަރުވާ ނިކަން ކެރިގެން
އަމާނާތްތެރިކަމާ އެކުގައި މޮޅަށް ތަޢުލީމު ދޭތަނެކޭ.
ސާދުނާ ޢަބްދުލްކަރީމް
ވަން ގޮތެއް އޭނަ މަގޭ ލިސްޓު ތެރަށް ހަމަ ނޭނގުނު
ނަން ފޮޓޯޔާ އެކުގައި ފެނުމުން ވެސް ހަމަ ނޭނގުނު
ކޮށްލުމަށް 'ބުލޮކު' ހިތާ ހަފުތާޔަކު ހުރެލާފައި
ކޮށްލެވުނު އެ ސުވާލެއް ކީއްވެ ކަމެއް ހަމަ ނޭނގުނު
ކާކުތޯ އެހުނު ހިނދުން ބުނެ ދީފިޔެ ސަބުމެ އެކަށް
ތާކު ނެތް ފަދަ މިތުރެއް ކަމުވި ލެކެއް ހަމަ ނޭނގުނު
އަޒްޙީލް އަޙުމަދު ފާރޫޤު✍
މި މައުޟޫއަށް އެއްޗެެއް ލިޔުމުގެ ކުރިން އަޅުގަނޑާ ބެހޭ ކުޑަ ތަޢާރަފެއް އަރުވާން ބޭނުންވެއެވެ. އަޅުގަނޑަކީ އަދާކުރާ ވަޒީފާއާއި، އިތުރަށް ކުރާމަސައްކަތުގެ ގޮތުން، ކުޑަ ވިޔަފާރިވެރިއެކޭ ވެސް ކިއިދާނެއެވެ. މަދަހަ ކިޔާ މީހެކޭ ވިދާޅުވިޔަސް މައްސަލައެއް ނެތެވެ.
އިބްރާހީމު ރަޝީދު މޫސާ
ވިހިވަނަ ސައްތައިގެ ފުރަތަމަ ބައި ސައްތައިގެ ދަހަރުތަކުގެ ތެރޭގައި ޢަރަބިބަސް ދިރުވުމަށް ޓަކައި މުހިއްމު ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ޢަރަބިބަސް ދިރުވުމަށާއި ޒަމާނީ ޢިލްމީ މުޞްޠަލަޙުތައް އުފައްދައި ދުނިޔޭގެ މުހިއްމު ބަސްތައް ތަރައްޤީވެ ފުޅައުވަމުންދާ ދިޔުމާ އެކު ފައިހަމަ ކުރުމަށް ޓަކައި ޢަރަބިބަހުގެ ޢިލްމީ ވިދާރާތައް ޤާއިމުކުރެވުނެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
މިއަދަކީ ދިވެހިރާއްޖޭގައި ޅެންވެރީންގެ ދުވަހެއް ފާހަގަކުރާން ފެށިތާ 32 އަހަރު ފުރޭ އުފާވެރި ޅެންވެރީންގެ ދުވަހެވެ. މި މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ޅެންވެރީންނާއި ޅެންވެރިކަމަށާއި ދިވެހި އަދަބިއްޔާތަށް ލޯބިކުރައްވާ ހުރިހާ އަދީބުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. ދިބެހި ޅެންވެރިކަން ކުރިއެރުވުމަށް ދިވެހިބަހުގެ އެކެޑަމީއާއި ދިވެހި ޅެންވެރީން ކުރައްވާ މަސައްކަތްޕުޅަށް ތަޢުރީފު ކުރަމެވެ. ހުރިހާ ވެސް ކާމިޔާބީއަކަށް އެދެމެވެ.
އިންސާނީ ވެއްޓެއްގެ ބިންގަލަކީ އަޚުލާޤެވެ.
އަޚުލާޤު ހީނަރުވުމުގެ ޢަލާމާތަކީ، އިޖްތިމާޢީ ގުޅުން ހީނަރުވުމެވެ.
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
ފެށިގެން މިދާ އާ އަހަރުގައި، ޢިލްމީ ނަފާ ދެއްވާށިޔޭ!
ވެށި ފެހިވެގެން ޢިލްމީ ގަހުން، ފިނިފިނި ހިޔާ ދެއްވާށިޔޭ!
ދުވަހުގެ ތަހާނީ ލޯބިވެތި، އެދުރުންގެ އަރިއަހު ދަންނަވަން
ހުވަނދުން މަލުގެ ވަސްމީރުވީ، ދަސްތާ ވެދުން ކުރެވޭނެޔޭ
ލޮބުވެތިވި ދަރިވަރުނާ އެކީ، އެކުވެރި ބެލެނިވެރި އިޚުވަތުން
ލޮބުވެތިވި އަރިހަށް ފަށްފަށުން، ދުވަހުގެ ވެދުން ކުރެވޭނެޔޭ
މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް
މިއީ ޑރ. ސަޢްދުއްދީން ހިލާލީ، "البصمة الوراثية وعلائقها الشرعية" މި މައުޟޫއަށް ލިޔުއްވާފައިވާ ފޮތުގެ ބައެއް ބައިތަކުގެ ތަރުޖަމާއެކެވެ. މި ލިޔުންތަކުގައި ތަރުޖަމާ ގެނެސްދިނުމަށް އަޅުގަނޑު ގަސްދުކުރަނީ، ޑީއެންއޭގެ އަލީގައި ނަސަބާއި ޒިނޭ ސާބިތުކުރުމާ ގުޅޭގޮތުން ދާދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި މައްސަލައާ ގުޅުންހުރި ބައިތަކެވެ.
ޢަބްދުﷲ ރަޝީދު މ.ލިނެޓް
ރާގު: އޭ ރަސޫލާއޭ ފުރަ ކީރިތި މާތް.....
ކައުނުގައި ވީހައި ކަމަކާ ތަކެތީން، ފާލުވާނެ ދަލީލު އިލާހުގެ މާތް،
ޢުލޫމުން ޢުލޫމުން ޢުލޫމުން ޢުލޫމު، ޢުލޫމުން ޢުލޫމުން ޢުލޫމުން ޢުލޫމު
އިރު ހަނދާ ތަރިޔާ ވީހައި ފަލަކާ، ޢިލްމުގައި ގުޅިފައި ވެޔެ ކައުނު ފުރައި.
ދަލީލުން ދަލީލުން ދަލީލުން ދަލީލު، ދަލީލުން ދަލީލުން ދަލީލުން ދަލީލު
މުޙައްމަދު ނަޖީބު
ކޮންމެ މީހެއްގެ ވެސް ތަފާތު ޙައިސިއްޔަތުތަކެއް ހުންނާނެއެވެ. އެއީ، މީހެއްގެ ދަރިއެކެވެ. މީހެއްގެ ބައްޕައެކެވެ. ނުވަތަ މަންމައެކެވެ. ނުވަތަ ފިރިއެކެވެ. ނުވަތަ އަނބިމީހާއެވެ. ނުވަތަ ބޭބެއެކެވެ. ދައްތައެކެވެ. ނުވަތަ ކޮއްކޮއެކެވެ. ނުވަތަ މީހެއްގެ ރައްޓެއްސެކެވެ. ނުވަތަ ކޮލީގެކެވެ. މި ހައިސިއްޔަތުތަކާއެކު އެކި މަޤާމުގައި އޭނާގެ ދަރަޖަ ތަފާތުވެއެވެ. މި ގޮތުން އަޅުގަނޑަކީ ވެސް ތަފާތު ޙައިސިއްޔަތުތަކެއް ލިބިފައިވާ މީހެކެވެ.
ޢަބްދުﷲ ރަޝީދު
މިތުރާގެ އަސަރީ މަސްތަކީ ހިތުގައި އަނދާ އަލިފާނެކޭ
ބިތުސާ ނުވެވި ހިތް ޣަރަޤުވާ ފިތުނައިގެ ގަދަ ޠޫފާނެކޭ
އޮއިގައި ދިޔަސް އިތުބާރުތައް ސޮއިކޮށް ހެދުނު އިޤްރާރުތައް
ފޮއިތަކުގެ ރަން ހަނދުވަރު ތެރޭ ބޮއިގަހުގެ ފަތަކީ ހެކިތަކޭ
ފިނިފެންމަލެއް ފަދަ ތުންފަތުން ހިނިތުންވެލާ ތިޔަ ފަރިކަމީ
ދިނިގެން ހިތާމަ ހިތުން ފިލާ ފިނިކަން ހިތަށްދޭ އާރެކޭ
ޢަބްދުﷲ ރަޝީދު، މ. ލިނެޓް
ގޮވާމުން މަތިވަރެއް ނުލިބޭ، ސަލާމަތަކުން ހުވަނި ކާތީ
ގޮވާންކުޅަ ދަނޑުދަނޑަށް މިވަބާ، ހަލުވިކޮށް ފެތުރެމުންދާތީ
ދެއިރު ފެންދީ ގަހަށް ކާނާ، އަޅައިގެން ހެއްދިޔަސް ގަސްގަސް
އެއިން ދަނޑަކުން ސަފުން މަންފާ، ލިބޭނެ ގޮތެއް ނުފެންނާތީ
ކަހާއިރު 'ގައި' ހުވަނި ޖެހިގެން، ދިޔަސް ނޭނގޭ ގައިން ހަންނޮޅި
ޖަހާ ބޭހުން އެއިން ސޮރަކަށް، ކަމެއް އަމުދުން ނުވެސްވާތީ
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ސުރުޚީގައި ބަޔާންކުރެވިފައިވާ ފަދައިން، އަދުގެ ވާހަކަކޮޅު ގުޅެނީ ޅެމަކާއެވެ. ފަލްސަފީ ޅެންވެރިޔެއްގެ ގޮތުން މަޝްހޫރުވެފައިވާ ޢައްލާމާ އިޤްބާލުގެ ޅެމަކާއެވެ. ޅެމާއި ޅެމުގެ ތަރުޖަމާއަކާއި ޅެމުގެ މަޒްމޫނު، އޭގައި އެކުލެވޭ ޖުމްލަ މާނަ، ހުށަހަޅާލައި ޅެމުގެ މައްޗަށް ކަޅިއެއް އެއްލުމުގެ ކުރިން، އެންމެ ފުރަތަމަ ޅެމާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ބޭނުންވެއެވެ. ޅެމާ ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުންވަނީ ޅެމުގެ ތަޢުރީފު، ޅެމަމީ ކޮބައިކަން، މި ކަންކަމާ ބެހޭ ގޮތަކުންނެއް ނޫނެވެ. ނުވަތަ ޅެމުގެ ސޫރަ، ބޭރު ފުށް، މި ކަންކަމާ ބެހޭ ގޮތުންނެއް ވެސް ނޫނެވެ. މިއަދު، މި މަގާމުގައި، ޅެމާ ބެހޭ ގޮތުން ފާހަގަކޮށްލާން ބޭނުންވަނީ ޅެމުގެ ތަރުބަވީ ދައުރާ ބެހޭ ގޮތުނެވެ. ވިސްނުމާއި ފިކުރުކުރުން ކުރިއެވުމަށް ޓަކައި ޅެން އަދާކުރާ ތައުލީމީ ދައުރާ ބެހޭ ގޮތުންނެވެ.
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
މި ދުވަސްކޮޅަކީ ޒިނޭގެ ހެކީގެ މައްސަލަ ނެގިގެން އުޅޭ ދުވަސްވަރެކެވެ. މިއާދޭތެރޭ އެއްޗެއް ނުބުނާން ނިންމައިގެން ހުއްޓައި، ބައެއް މީސްމީހުންގެ އެދުމުގެ މަތީން، ކުރު ގޮތަކަށް ނަމަވެސް އެއްޗެއް ލިޔެލާން ގަސްދުކުރީއެވެ. މި މައްސަލައަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޝަރުއީ ނައްޞުތަކާ ފުށުއަރާ ގޮތަށް އެއްޗެއް ބުނުމުގެ އިޚްތިޔާރު އޮތްތޯ ނެތްތޯއާ ގުޅޭ މައްސަލައެކެވެ. އިހުގައި ވެސް މި ވާހަކަތައް ދެކެވިފައިވެއެވެ. ޝައިބާނީގެ މުސައްނަފުގައި މި މައްސަލައާ ބެހޭ ބާބެއް އޮވެއެވެ.
ޢަބްދުﷲ ރަޝީދު، މ.ލިނެޓް
އިރު ވަށައިގެން ގުރަހަތައް ދައުރުކުރާ ކުރުމުގައި އަދަކީ މުހިންމު ޙާދިސާއެއް ހިނގާ ދުވަހެކެވެ. މުސްތަރީ އާއި ޒުޙަލު އެއްއުއިވާ ދުވަހެކެވެ. އެއީ، ކޮންމެ އަހަރަކު ހިނގާ ކަމެއް ނޫނެވެ. އަހަރުތަކަކަށް ފަހު ހިނގާ ކަމެކެވެ.
ނަމަވެސް ކޮންމެ 20 އަހަރަކުން 1 ފަހަރު މި ދެ ގުރަހަ އެއް ރާއްސެއްގައި އެއްއުއިވުމީ ދައުރުވުމުގެ އާދައިގައި ހިނގާކަމެކެވެ. އެކަމަކު މި ފަހަރުގެ އެއްއުއި ވުމަކީ، ދުނިޔެއަށް އެއް ތަރިއެއްގެ ގޮތުގައި މި ދެ ގުރަހަ ފެންނަ މަދު ޙާލަތުންކުރެ ޙާލަތެކެވެ. މި ފަހަރުގެ އެއްއުއިވުމުގެ ބާވަތަކީ އެތައް ސަތޭކަ އަހަރަކުން އެއްފަހަރު މަގުން ހިނގާ ކަމެކެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު – މާވަށް
ތެދުފުޅެކެވެ. ބަހަކީ ބަދަލު އަންނަ އެއްޗެކެވެ. އެކަމަކު އޭގެ މާނައަކީ ބަސް ހަލާކުކުރުމެއް ނޫނެވެ. ބަހުގެ ރީތި ހަމަތަކާއި އުޞޫލުތައް އުވައިލުމެއް ވެސް ނޫނެވެ. އެމީހަކު ބޭނުންހައި ގޮތަކީ ގަވާއިދު ކަމަށް ގަބޫލުކުރުމެއް ވެސް ނޫނެވެ. އެ ބަދަލެއްގެ ސަބަބުން ބަހަށް ގެއްލުން ލިބޭ ނުވަތަ އުނިކަމެއް އަތުވެދާނޭ ބަދަލަކީ ރަނގަޅު ބަދަލެއްކަމަކަށް ހަމަގައިމުވެސް ހެޔޮ ވިސްނޭ މީހަކު ގަބޫލެއް ނުކުރާނެއެވެ.
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް
(21 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)
އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް- 5
އިލާހީ ހިދާޔަތު، ބަޔެއްގެ ކުރިމައްޗަށް ހުށަހަޅައިލެވުމުން، އެބައިމީހުން، މި ހިދާޔަތް ބަލައިގަންނާނޭ ގޮތުގެ މައްޗަށް ބަލައި، މީސްތަކުން ބަހައިލެވޭ ބައިތަކުގެ ތެރެއިން، ފުރަތަމަ ބައި، އާދެ، އިލާހީ ހިދާޔަތް ގަބޫލުކުރާ ތަޤުވާވެރި މުއުމިނުންގެ ވާހަކައާއި އެ މީހުންގެ ބައެއް ޚާއްސަ ސިފަތައް، އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި ބަޔާން ކުރެވި ހިނގައްޖެއެވެ. ދެން ހަވަނަ އާޔަތާއި ހަތްވަނަ އާޔަތުގައި ބަޔާން ކުރެވިފައި އޮތީ އެ ހިދާޔަތަށް އިންކާރު ކުރާ މީހުންގެ ވާހަކަ އެވެ. މި ދެ އާޔަތުގެ މައްޗަށް ބަލައިލަމާތޯއެވެ. އެންމެ ފުރަތަމަ ދެ އާޔަތުގެ މާނައިގެ ތަރުޖަމާއެއް ހުށަހަޅާލާނަމެވެ.
ޢަބްދުﷲ ރަޝީދު މ. ލިނެޓް
ފަލަކީ ޙަރަކާތްތަކަކީ، ހުއްޓުމެއްނެތި ޤިޔާމަތާ ހަމަޔަށް ހިނގަހިނގައިހުންނަ، މިންވަރު ކުރައްވާފައިވާ ކަމެކެވެ. ސޫރަތުއް ޒުމަރުގެ 5 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވާފައިވާ ފަދައިންނެވެ. ”خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُسَمًّى أَلَا هُوَ الْعَزِيزُ الْغَفَّارُ“. ("އެކަލާނގެ އުޑުތަކާއި، ބިން حقގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު خدمةތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، عزيزވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.") (سورة الزّمر:5)
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ތިރީގައި ހުށަހަޅަލެވިފައި އެވަނީ ތަސައްވުފުގެ އިލްމުވެރިއެއްކަމަށްވާ އަހުމަދު ބިން އާސިމް އަލްއަންތާކީއާއި އޭނާގެ ދަރިވަރަކާ ދެމެދު ދެކެވުނު ވާހަކައެކެވެ. އަހުމަދު ބިން އާސިމް އަލްއަންތާކީއަކީ ހިޖުރައިން ދެވަނަ ގަރުނުގެ ތެރޭގައްޔާއި އަދި ތިންވަނަ ގަރުނުގެ ތެރޭގައި އުޅުއްވި އިލްމުވެރިއެކެވެ. އޭނާ އަވަހާރަވީ ހިޖުރައިން 238 ވަނަ އަހަރުއެވެ. އިމާމު ޛަހަބީ އޭނާގެ އައުލާމުގައި އަހުމަދު ބިން އާސިމް ސިފަކުރައްވަނީ އޭނާއަކީ "އޭނާއަށް ތަބާވެވޭ އިމާމެއްކަމާއި އަދި އޭނާއަކީ ދިމިޝްގުގެ ވާއިޒުކަމުގައެވެ".
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުމެންނަށް، ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު ލިބުނު ކަމަށް ޓަކައި އަޅުގަނޑުމެން އަބަދާއި އަބަދު ޝުކުރުވެރިވާންޖެހެއެވެ. ރާއްޖެ އިސްލާމްވީ ދުވަސް އަޅުގަނޑުމެން ފާހަގަކުރީ މި ދިޔަ ހަފުތާގައެވެ. މި މުނާސަބަތާ ގުޅިގެން އަޅުގަނޑުމެން ވިސްނައިލާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ.
އެކި މީހުންގެ ވިސްނުންތެރިކަމާއި ހިތްއަލިކަމާއި، ކަންކަމާ މެދު އެކި މީހުން ދެކޭ ގޮތުގައި ވެސް ތަފާތުތަކެއް ހުރެއެވެ. ފުރިހަމަ ތަޢުލީމާއި ތަރުބިއްޔަތު ލިބުމުގެ ސަބަބުން ވަރަށް މަތީ ދަރަޖައަށް ވިސްނުން ތަރައްޤީވެފައިވާ މީހުން ވެސް މީސްތަކުންގެ ތެރެއިން ވެއެވެ. ތަޢުލީމަކީ ސިކުނޑީގެ ކާނާއެވެ. އެހެންނަމަވެސް އަނެއް ބަޔަކީ އާދައިގެ ނަފުސުތަކެކެވެ. ދިރިއުޅުމުގެ ތެރެއިން ރަނގަޅު ތަޢުލީމެއް ޙާޞިލުކުރުމުގެ ނަޞީބު ލިބިފައިނުވާ ޟަޢީފު ބަޔެކެވެ.
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދަކީ 1374 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ދިވެހީން ފާހަގަކުރަމުންއައި "ރާއްޖެ އިސްލާމްވީ ދުވަހެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހި ދައުލަތުން ރަސްމީކޮށް އިސްލާމް ދީން ޤަބޫލުކުރީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރާ މަހު ދެވަނަ ދުވަހުކަމަށް ތާރީޚުން ހެކިދެއެވެ. މީލާދީން 1153 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
ޑރ.ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
މިއީ އެއްދުވަހަކު، ޖުހާއާ އޭނާގެ ރަހުމަތެރި މަނިކު ބެޔާ ދެމެދު ދެކެވުނު ސަމާސާ ވާހަކައެކެވެ.
މަނިކުބެ: ޖުހާއެވެ! އަޅެ ނިކަން ދެކި ބަލާށެވެ! ޖަޕާނު މީހުންނަކީ ހާދަހާ ކުޅަދާނަ މޮޅު ބަޔެކެވެ. ހުރިހާ މައިދާނެއްގައި ވެސް އެމީހުން ކުރިއަރައިފައިވާ ވަރު ފެނޭ ނޫން ހެއްޔެވެ؟
ޖުހާ: ތިޔައީ ހަމަ ވަރަށް ރަނގަަޅު ވާހަކައެކެވެ. ނަމަވެސް، ތިޔަ ކަމާ ގުޅޭ، އެހެން ވާހަކައެއް އަހަރެން ބުނެފާނަމަވެ. ކުޅަދާނަވެފައި މޮޅީކީ ހަމަ އެކަނި ޖަޕާނު މީހުންނެއް ނޫނެވެ. ކުޅަދާނަކަމާއި މޮޅުކަން އެންމެނަށް ވެސް މާތްރަސްކަލާނގެ ދެއްވިއެވެ. މަނިކުބޭ މެންގެ މީހުންނަކީ ވެސް ހަމަ ކުޅަދާނަ މޮޅު މީހުންނެވެ.